ދިވެހި ފުލުހުންގެ އިދާރާ --
ހަބަރު
23 May 2025 | 14:04
ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި ކަމުގެ ތުހުމަތު، ފުލުހުންގެ ވާހަކަ ތަފާތު

ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި ކަމުގެ ތުހުމަތާއި ގުޅިގެން އެ މައްސަލައާގައި ފުލުހުން ވާހަކަ ދައްކައިފި އެވެ.

ވަން އޮންލައިންގެ ނޫސްވެރިޔާ ހަމްދާން އަހްމަދަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އޭނާ ވަނީ ފޭސްބުކްގައި ސްޓޭޓަސްއެއް ޖަހާފަ އެވެ. އެކަން ހިނގާ ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް އޭނާ ހިއްސާކޮށްފައިވެ އެވެ.

ހުޅުމާލެ ހިޔާ އަވަަށުގައި ޑްރޯނެއް އަރުވަން ހުއްޓާ ފުލުހުން އެ ސަރަހައްދަށް އައިސް ހުތުރު ބަހުން މުއާމާލަތް ކުރި ކަމަށާ އަދި ޕޮލިސް ސްޓޭޝަންގެ މެސް ރޫމަށް ގެންގޮސް އަނިޔާ ކުރި ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އޭނާ އަކީ ނޫސްވެރި އަކަށް ވީތީ ހުތުރު ބަހުން މުއާމަލާތްކޮށް އަނިޔާ ކުރަން ޖެހޭ ކަމަށް އެ ފުލުހުން ބުނެފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ދިނީ ތަފާތު ޖަވާބެކެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޑްރޯން އަރުވަން ހުރި މީހާއާ ފުލުހުން ސުވާލު ކުރުމުން މައުލޫމާތު ދިނުމަށް އިންކާރު ކުރި ކަމަށެވެ. އަދި ހުއްދަ ދެއްކުމަށް އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭ ކަމަށް ބުނެ ހަޑިހުތުރު ބަހުން ފުލުހުންނާ މުއާމަލާތު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލާ ގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކޮށް ހުއްދަ ނެތި ޑްރޯން ނޭރުވުމަށް ނަސޭހަތްތެރިވި ކަމަށެވެ.

ފުލުހުން ބުނީ އެ މީހާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރާތީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުންގެ މި ސްޓޭޓްމަންޓް ގައި ފުލުހުން އެ ނޫސްވެރިޔާއާ ހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށް ނުބުނެ އެވެ. ނަމަވެސް ނޫސްވެރިޔާ އާންމުކޮށްފައިވާ ވީޑިއޯގައި ހުތުރު ބަހުން ފުލުހުން ދެއްކި ވާހަކަ އަކާއި ހުތުުރު ބަހުން ވާހަކަ ދެއްކި ފުލުސް މީހާ ވެސް ދައްކާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.