ހަވާއަރުވަނީ... ފޮޓޯ: ވޮއިސް
ހަބަރު
24 May 2025 | 14:30
ހުޅުމާލޭގައި މިރެއާ މާދަންރޭވެސް ހަވާއަރުވަނީ

ހުޅުމާލެ ފޭސް ދޭއްގައި މިރޭ ހަވާ އަރުވާނޭކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ނިންމާފައިވަނީ، ވިޔަފާރީގެ އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކަމަށެވެ. ފަރުކޮޅުފުށީގައި ހަވާއެރުވުމަށް ނިންމާފައިވަނީ މިރޭ 21:45 ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނެޓަށެވެ.

މާދަމާ ރޭވެސް ހުޅުމާލޭގައި ހަވާއެރުވުމަށް ވަނީ ނިންމާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދުމާ ގުޅިގެން އެޓީމަށް ސަޕޯޓްކުރާ ފަރާތްތަކުން ބާއްވާ އިވެންޓެކެވެ. ހަވާ އަރުވާނީ ފޭސްދޭއް ރުއްގަނޑު ތިނެއް ސަރަހައްދުގައެވެ. ހަވާއެރުވުމާއެކު އެ ސަރަހައްދުގައި ބޮޑުބެރު ޝޯއެއްވެސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ފެށޭނީ 19:30 ގައެވެ. ހަވާއެރުވުމަށް ނިންމާފައިވަނީ، ލިވަޕޫލާ ކްރިސްޓަލްޕެލަސް ބައްދަލުކުރާ މެޗަށްފަހު ލިވަޕޫލަށް ތަށިދޭ ވަގުތުގައެވެ. އެއީ ރައްޖޭގަޑިން 22:15 އާއި 22:30 އާ ދެމެދުއެވެ.

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ފެށުމުގެ ގޮތުން ހުޅުމާލޭގައި ރޭވެސް ވަނީ ހަވާ އަރުވާފައެވެ. ހަވާއެރުވުމަކީ ގިނަ އަދަދެއްގެ ރައްޔިތުން ވަރަށް ޝައުގުވެރިވާ ހަރަކާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.