ދައުލަތުގެ މުހިއްމު ވުޒާރާތައް ހިމެނޭ ފިނޭންސް އިމާރާތުގެ ނަންބޯޑު..
ރިޕޯޓް
25 May 2025 | 20:33
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމާއި ކޮރަޕްޝަން ހުއްޓުވުން

ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، ތަރައްޤީގެ މަޝްރޫޢުތައް އިތުރުވަމުންދާ މިދަނޑިވަޅުގައި، ދައުލަތުގެ މާލީ ނިޒާމުގެ ތެރެއިން ކުންފުނިތަކަށް ފައިސާ ދޫކުރުމުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ދަޢުލަތުގެ މާލީ ވުޒާރާއިން މިހާރު ވަނީ ފުޅާ ދާއިރާއެއްގައި ރިފޯމްތަކެއް ތަޢާރަފުކުރަން ފަށާފައެވެ.

މިކަމާ ގުޅޭގޮތުން މާލީ ވުޒާރާއިން ބުނެފައިވަނީ އެންމެ ފުރަތަމަ ކަމަކަށް، ކުންފުނިތަކުން ހުށަހަޅާ އިންވޮއިސްތަކުގައި ހުންނަ އަގުތަކުގެ މައްސަލަ ހައްލުކުރަންޖެހޭ ކަމަށާއި ގިނަ ފަހަރަށް، ކުންފުނިތަކުން ހުށަހަޅާ އިންވޮއިސްތަކުގައި ހުންނަނީ އާންމު ބާޒާރުގެ އަގަށްވުރެ މާ ބޮޑެތި އަގުތައް ކަމަށެވެ. މިސާލެއްގެ ގޮތުގައި އެ ވުޒާރާއިން ބުނީ، އާންމުކޮށް 100 ރުފިޔާއަށް ލިބެން ހުންނަ އެއްޗެއް، ސަރުކާރަށް ވިއްކާއިރު 1000 ރުފިޔާއަށް ނުވަތަ އެއަށްވުރެ ބޮޑު އަގެއްގައި އިންވޮއިސްކުރާ ހާލަތްތައް ފުދޭވަރަކަށް ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ.

މިއީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމެއްކަން ފާހަގަކުރަމުން މާލީ ވުޒާރާއިން ބުނީ، މި މައްސަލަ ހައްލުކުރުމަށްޓަކައި، އެ ވުޒާރާއިން މިހާރު ވަނީ ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. މީގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ކަންކަން ވެސް ހިމެނެއެވެ.

ދެވަނަ ކަމަކަށް، އެ ވުޒާރާއިން ބުނީ އިންވޮއިސްތަކުން ވަކި ޕަސެންޓެއް ކަނޑައި، އެ ބައި ވަކި ފަރާތްތަކަށް ދިނުމުގެ މައްސަލައިގެ ޝަކުވާ އާންމުން ކުރާތާ ގިނަ އަހަރުތަކެއްވެއްޖެ ކަމަށެވެ. މިއީ ދިވެހިރާއްޖޭގައި އެތައް އަހަރެއް ވަންދެން ދެމިގެން އައިސްފައިވާ ކޮރަޕްޝަނުގެ ވަރަށް ނުރައްކާތެރި ބާވަތެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ސަރުކާރުން މިހާރު ފުޅާ ދާއިރާއެއްގައި ރިފޯމްތަކެއް ތަޢާރަފުކުރަން ފަށާފައިވާއިރު، މި ރިފޯމްތަކުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ މުޢާމަލާތްތައް ވެސް ހިމެނެއެވެ. އެގޮތުން މުޅި ދައުލަތުގެ ތެރޭގައި ހުރި މިފަދަ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންދާކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ތިންވަނަ ކަމަކަށް، ޖުމްލަ ހައްލެއްގެ މުހިންމުކަން ބޮޑެވެ. ދައުލަތުގެ މާލީ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ޒިންމާދާރުކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. މާލީ ވުޒާރާއިން ބުނާގޮތުގައި މިކަން ހާސިލުކުރުމަށްޓަކައި، ދަޢުލަތުގެ މާލިއްޔަތުން މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އައު އުސޫލުތަކެއް ތަޢާރަފުކުރަން ފަށާފައެވެ. މި އުސޫލުތަކުގެ ސަބަބުން، ދައުލަތުގެ އެކި ފަންތިތަކުގައި ހުރި ކޮރަޕްޝަންގެ ޢަމަލުތައް ނައްތާލުމަށް މަގުފަހިވެގެންދާނޭކަމަށް އެ ވުޒާރާއިން ދެކެއެވެ.

މާލީ ވުޒާރާއިން ބުނީ މި ރިފޯމްތަކުގެ ސަބަބުން ލިބޭނެ ފައިދާތަކަށް ބަލާއިރު، އެންމެ ފުރަތަމަ ފާހަގަކުރެވެނީ ދައުލަތުގެ ބަޖެޓަށް ލިބޭނެ ސީދާ ފައިދާއެވެ.

"އިންވޮއިސްތަކުގައި ހުންނަ އަގުތައް ހަޤީޤީ އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބެހެއްޓުމުގެ ސަބަބުން، ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. މީގެ އިތުރުން، ކޮރަޕްޝަންގެ ޢަމަލުތައް މަދުވުމުގެ ސަބަބުން، ދައުލަތުގެ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނެއެވެ. އެއާއެކު، މި ރިފޯމްތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އާންމު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެއެވެ. ދައުލަތުގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ސަބަބުން، ރައްޔިތުންނަށް ދައުލަތުގެ ޚަރަދުތަދުތަކާ ބެހޭ މަޢުލޫމާތު ފަސޭހައިން ލިބި، އެކަންކަމާ މެދު ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ" ފިނޭންސުން ބުންޏެވެ.

މާލީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މި ރިފޯމްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔަފާރީގެ މާޙައުލުވެސް އިތުރަށް ހަރުދަނާވެގެންދާނެއެވެ. ކޮރަޕްޝަންގެ ޢަމަލުތައް މަދުވުމުގެ ސަބަބުން، ހުރިހާ ވިޔަފާރިތަކަކަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ލިބި، ވާދަވެރި މާޙައުލެއް ޤާއިމުވެގެންދާނޭ ކަމަށެވެ.

ސަރުކާރުން، ޚާއްސަކޮށް މާލީ ވުޒާރާއިން ކުރިއަށްގެންދާ ރިފޯމްތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ނުހަނު މުހިންމު ފިޔަވަޅުތަކެކެވެ. ނަމަވެސް، މި ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާއިރު، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި، އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެ، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ ލަނޑުދަނޑި ހާސިލުކުރެވޭނޭކަން މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.