އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް: ފޮޓޯ/ އެޗްޑީސީ
ހަބަރު
26 May 2025 | 12:21
އައު މާސްޓާ ޕްލޭނަކީ ބިންވެރިޔާ ސްކީމުގެ އެންމެ ގޯއްޗެއްވެސް މަދުނުވާގޮތަށް ބަނދަރުގެ ޖާގަ ބޮޑުވާނެގޮތެއް: މަޢުރޫފް

ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއިއެކު ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުވާނެގޮތަށް ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.

މީގެ 24 އަހަރު ކުރިން އެކުލަވާލި ހުޅުމާލޭގެ މާސްޓާ ޕްލޭން މުރާޖާ ކުރުމަށްފަހު އެކުލަވާލެވުނު އައު މާސްޓާ ޕްލޭން މިއަދު ވަނީ އިފްތިތާހް ކޮށްފައެވެ. 

އެކަމަށް ޚާއްސަކޮށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް މުޢިއްޒުގެ ވިސްނުންފުޅާއެކު ހުޅުމާލޭ ކޮޅުގައި އިން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އައު ޕްލޭނާއެކު ހުޅުމާލެ އަކީ ރާއްޖޭގެ ފައިނޭންޝިއަލް ކެޕިޓަލެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ގޮސްފައިވާ ކަމަަށް ވިދާޅުވިއެވެ. 

މައުރޫފް އިތުރަށް ވިދާޅުވީ އައު މާސްޓާ ޕްލޭނެއް އެކުލަވައިލެވުމުގެ ބޭނުމަކީ ހުޅުމާލޭގެ ބިމުގެ ބޮޑުބައެއް ހިއްކުމުގެ ސަބަބުން ބަނދަރުގެ ޖާގަ ”ކޮމްޕްރޮމައިޒް“ ވުމުން ކަމަށެވެ.

 "ހުޅުމަލޭގެ މާސްޓަރ ޕްލޭން ރިވައިޒްކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ސްޕޭސް މިއޮތީ ވަރަށް ބޮޑަށް ކޮންޕްރޮމައިޒްވެފައި. ރަށެއްގެ ބަނދަރީ އެރަށަކަށް އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އެހެން ވަސީލަތްތަކެއް ރަނގަޅަކަށް ނުހިނގާނެ. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ އިއްޒަތްތެރި ރައީސް އިރުޝާދު ދެއްވިގޮތައް ބިންވެރިޔާ ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުކުރެވޭ ވަރަކަށް ބޮޑުކުރުމުގެ މަސައްކަތް. މިހާރު ރިވައިޒްޑް މާސްޓަރ ޕްލޭންގެ ހޯލް މަފްހޫމަކީ އެއީ."

މުހައްމަދު މައުރޫފް ޖަމީލް

މިއާއެކު މަޢުރޫފް ވިދާޅުވީ، މި މާސްޓަރ ޕްލޭން ފައިނަލް ކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި ޕަބްލިކް ކޮންސަލްޓޭޝަންއެއްގެ މަސައްކަތް ކުރިއަށްގެންދާނެކަމަށާ، މާސްޓަރ ޕްލޭން ފައިނަލްކޮށް ޑޮކިއުމަންޓް ކުރެވިގެންދާނީ އެއަށްފަހުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ ރަސްމީ ވެބްސައިޓްވެސް އުފްތިތާހްކޮށްފައި ވާއިރު މައުރޫފް ވިދާޅުވި ގޮތިލޔގައި، އައު ވެބްސައިޓާއިއެކު އެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

"މިއަދު މި ލޯންޗްކުރާ ވެބްސައިޓް މެދުވެރިކޮށް އެޗްޑީސީގެ ހިންގުމުގެ ނިޒާމް ބޮޑުތަނުން ހަރުދަނާވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އައު ވެބްސައިޓްގައި ހިމެނޭ މުހިންމު ފީޗާރތަކަކީ ވިސަލް ބްލޯވާސްއަށް ޚާއްސަ ޕޯޓަލްއެއް ހިމެނިފައި އޮތުން. ވިސަލް ބްލޯވާސްއަށް ބައިވެރިވުން ފަސޭހަވާނެގޮތައް ޕޯޓަލްއެއް އޮތުން. ކޯޑް އޮފް ކޮންޑަކްޓްއަށް އަޅުގަނޑުމެން އައު ބާބެއް ކަނޑައެޅުން. ކޯޑް އޮފް ކޮންޑަކްޓްގެ ތެރޭގައި ހުޅުމާލޭގެ ޕާޓްނާސްއަށްވެސް ކޮންޑަކްޓެއް ތައާރަފްކުރުން." މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.