ހުޅުމާލެ: ފޮޓޯ/ އެޗްޑީސީ
ހަބަރު
26 May 2025 | 15:44
ހުޅުމާލޭގެ 'އައިޑެންޓިޓީ' އަކަށް 100 މީޓަރުގެ "އައިކޯނިކް ޓަވަރެއް" އަޅަނީ

ހުޅުމާލޭގެ 'އައިޑެންޓިޓީ' އަކަށް 100 މީޓަރުގެ "އައިކޯނިކް ޓަވަރެއް" އެޅުމަށް އަލަށް އެކުލަވައިލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ހިމަނައިފިއެވެ.

އަލަށް އެކުލަވައިލި ހުޅުމާލޭގެ މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މާސްޓާ ޕްލޭނާ ގުޅޭ މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވީ ހުޅުމާލޭ އާ މާސްޓާޕްލޭންގައި ފަރުކޮޅުފުށީގެ ނިމޭ ހިސާބުގައި 'އައިކޯނިކް ޓަވަރު' އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ ޓަވަރަކީ ހުޅުމާލޭގެ ދެވަނަ 'އައިޑެންޓިޓީ'އެއް އުފެއްދުމަށް ބިނާކުރާ ޓަވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޓަވަރުގެ އުސްމިނަކީ 100 މީޓަރު. ހުޅުމާލެއޭ ބުނީމަ، އެންމެ ފުރަތަމަވެސް އަޅައިގަންނާނެ ނުވަތަ ވިސްނޭނެ އެއްޗަކީ މިހާރު ވިއްޔާ ހުޅުމާލޭ 1 ގައި އެކެއްގައި ދެވަނައަށް އެޅި މިސްކިތް. ހުޅުމާލޭ 2 ގެ ހިޔާ ޓަވަރުތައް. އޭގެ އިތުރުން ތިންވަނަ އެއްޗަކަށް ހުޅުމާލެ އަށް އައިކޯނިކް ޓަވަރ އެއް މި ގެންނަނީ. 

އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް 

މި ޓަވަރުގެ އަނެއް ބޭނުމަކީ ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު އިތުރު ވަޒީފާއަށް ޖާގަދިނުން ކަމަށް ޒިނަފް ވިދާޅުވިއެވެ. 

ތަރައްގީވެފައިވާ ގިނަ ގައުމު ތަކުގައި 'އައިކޯނިކް' ތަންތަނަށް ވަނީ އުސް ޓަވަރުތަކެވެ. އެފަދަ ތަންތަނަކީ އެގައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު ތަންތަނެވެ. 

އެގޮތުން، މެލޭޝިއާގެ ޕެޓްރޯނަސް ޓްވިން ޓަވަރާއި، ޕެރިސްގެ އައިފެލް ޓަވަރާއި، ސިންގަޕޫރުގެ އެންމެ އުސް ޓަވަރުކަމަށްވާ ގުއޮކޯ ޓަވަރާއި، ކޮލޮމްބޯގައި ހުންނަ ލޮޓަސް ޓަވަރާއި މައްކާގެ ކްލޮކް ޓަވަރު ފަދަ ތަންތަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.