ކަޝޯގީ މަރާލުމުގެ ފަހަތުގައި ސައުދީ އަރަބިއްޔާ އޮތްކަން ހާމަ ވެއްޖެނަމަ ހަރުކަށި އަދަބު ދޭނަން: ޓްރަމްޕް

13 Oct 2018 | 19:30

ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ނޫސްވެރިޔާ ކަޝޯގީ މަރާލުމުގެ ފަހަތުގައި އޮތީ ސައުދީ އަރަބިއްޔާކަން ހާމަ ވެއްޖެނަމަ ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ޓްރަމްޕް އިތުރަށް ވިދާޅުވެފައިވަނީ އެއީ ވަރަށް ހަޑި ހުތުރު އަމަލެއްކަމަށާއި އެމެރިކާއިން ކަމުގެ އެންމެ އަޑިއަށް ގޮސް ހާގިގަތް ހޯދާނެ ކަމުގައެވެ.

ސީބީއެސްގެ ޕްރޮގްރާމެއްގައި މި ވާހަކަތައް ދައްކަވަމުން ޓްރަމްޕް އިތުރަށް ހާމަކުރެއްވި ގޮތުގައި ކަޝޯގީގެ މަރުގެ ފަހަތުގައި ސައުދީ އޮތްކަން ހާމަވިއަސް އެގައުމައި ދެމެދު ހެދިފައިވަ ހަތިޔާރު ބަދަލު ކުރުމުގެ އެއްބަސްވުމަށް ބަދަލެއް ނާންނާނެ ކަމުގައެވެ.

ސައުދީއިން ހަނގުރާމަ މަތީ ހަތިޔާރު ތަކަކަށް އޯޑަރު ދީފައިވާ ކަމަށާއި ސައުދީ އާއެކު އެއްބަސްވުމަކަށް އާދެވިފައިވަނީ ޗައިނާ އަދި ރަޝިއާއިންވެސް އެ ހަތިޔާރުތައް ބޭނުންވެގެން އުޅެނިކޮށް ކަމަށެވެ.

ތުރުކީގެ އޮފިޝަލުން ހާމަކުރި ގޮތުގައި ސައުދީގެ "އެސޭސިނޭޝަން ސްކޮޑް" އެއް ކަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައެވެ. މިކަން ހިނގާދިޔަ ގޮތުގެ ވީޑިއޯތައް ހުރިކަމަށްވެސް އޮފިޝަލުން ބުނެއެވެ. ނަމަވެސް މީގެން ވީޑިއޯއެއް އާންމުންނާ ހިސާބަކަށް އަދި އައިސްފައެއް ނުވެއެވެ.

ތުރުކީގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ވީޑިއޯތައް ރީކޯޑު ކުރެވިފައިވަނީ ކަޝޯގީގެ އެޕަލް އައި ވޮޗްއަށެވެ. ކަޝޯގީ ކޮންސިއުލޭޓަށް ވައިން އިރު ކަޝޯގީގެ ފޯނު އޮތީ ކޮންސިއުލޭޓް ބޭރުގައި މަޑުކޮށްގެން ހުރި އޭނާ އިންނަން އުޅުނު އަންހެންމީހާ އަތުގަކަމަށާއި އައިވޮޗުން ރެކޯޑު ކުރެވުނު ވީޑިއޯތައް ފޯނަށް 'ސިންކު' ވެފައިވާ ކަމުގައެވެ.

މި ތުހުމަތު ތަކާއި ގުޅޭ ގޮތުން ސައުދީއިން ބުނެފައިވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރުތަކެއް ކަމުގައެވެ.  

Advertisement

ކޮމެންޓް