އިންޑިއާގެ ޕާލިމަންޓް މެމްބަރުންތަކެއް ނޫސްވެރިންގެ ބައްދަލުވުމެއްގައި... ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
27 May 2025 | 13:47
ޓެރަރިސްޓުންނާ އެމީހުންގެ ވާގިވެރިންނާ ތަފާތެއް ނެތް: އިންޑިއާ

ޓެރަރިސްޓުންނާއި، އެމީހުންނަށް ތާޢިދުކޮށް އެމީހުންނަށް ވާގިވެރިވާ މީހުންނާ ދެމެދު އެއްވެސް ތަފާތެއް ނެތްކަމަށާއި، ތަފާތު ނުވެސް ކުރާނެކަމަށް އިންޑިއާއިން ބުނެފިއެވެ.

އޮޕަރޭޝަން ސިންދޫރަށްފަހު އެކިއެކި ގައުމުތަކަށް އެ އޮޕަރޭޝަނާއި ބެހޭ މައުލޫމާތާއި، އިންޑިއާއިން ޓެރަރިޒަމާމެދު ގެންގުޅޭ ސިޔާސަތާއި ބެހޭ މައުލޫމާތު ދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުންތަކަށް މިހާރު ދަތުރުކުރަމުންދާ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފުދުތަކުން ގެންދަނީ މި މެސެޖް ދުނިޔޭގެ ގައުމުތަކަށް ދެމުންނެވެ. އަދި އިންޑިއާއިން ޓެރަރިޒަމަށް ދޭނީ ޒީރޯ-ޓޮލަރެންސް ކަމަށާއި، ޕަހަލްގަމްގެ ހަމަލާއަށްފަހު ފެނިގެން ދިޔައީ އެމަންޒަރުކަމަށް މި ވަފުދުތަކުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ މި މެސެޖް އެންމެ ހަރުކަށިކޮށް ދެއްވި އެއް ބޭފުޅަކީ ޖަޕާނަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ޓްރިނާމޫލް ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ އަބީޝެކް ބެނާރްޖީ އެވެ. އޭނާ ވިދާޅުވީ ޕާކިސްތާނަށް ތާޢީދުކުރުމަކީ ޓެރަރިޒަމަށް ތާޢީދުކުރުން ކަމަށެވެ. އަދި ޓެރަރިޒަމަކީ ބަލިޖެހިފައިވާ ކުއްތާއެއްނަމަ، އެކުއްތާ ބަލަހައްޓާ މީހަކީ ޕާކިސްތާނުކަމަށް ވިދާޅުވެ، ޕާކިސްތާނަށާއި އެގައުމަށް ވާގިވެރިވާ ފަރާތްތަކަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ޕަހަލްގަމްގެ ހަމަލާއާއި އެހަމަލާގެ ރައްދުގައި ޕާކިސްތާނުގައި ހުރި ޓެރަރިސްޓް ޖަގަހަތަކަށް އަމާޒުކޮށްގެން އިންޑިއާއިން ހިންގި އޮޕަރޭޝަން ސިންދޫރާއި ބެހޭ މައުލޫމާތު ދިނުމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ހުރިހާ ޕާޓީއެއް ހިމެނޭ ވަފުދުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަނީ މިހާރު ދަތުރުކުރަމުންނެވެ. މި ދަތުރުތަކުގައި އެގައުމުތަކުގައި ތިބި ނޫސްވެރިންނާއި، ތިންކް ޓޭންކްތަކާއި އަދި ސަރުކާރުތަކުގެ އޮފިޝަލުންނާއެކު އިންޑިއާއިން ގެންދަނީ މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް