ކުރީގެ ކޮމިޝަނަރު އޮޕް ޕޮލިސް މަގާމުން އަލީ ޝުޖާއު ޝަރަފުވެރިކަމާ އެކު އިސްތިއުފާ ދެއްވުން --
ހަބަރު
27 May 2025 | 19:37
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލައިފި

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލައިފި އެވެ

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ޝައުގުވެރިވާ ބޭފުޅުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ރޭންކުން މަތީ ރޭންކުތަކުގެ އޮފިސަރުންނަށެވެ. އެ މަގާމަށް ބޭފުޅަކު ކަނޑައަޅުއްވާނީ، މަގާމަށް ކުރިމަތިލައްވާ އޮފިސަރުންގެ ފެންވަރު ވަޒަންކުރުމަށްފަހު، ނުވަތަ އިންޓަވިއު ކުރުމަށް ފަހު ހޯމް މިނިސްޓަރުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އެވެ. 

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރީން ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމުންނެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވި ސީޕީ އަލީ ޝުޖާއު, ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މެއި މަހުގެ ހަތްވަނަ ދުވަހު އެވެ.

ސީޕީ ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑު ރޭންކަށް ކޮމިޝަނާ އަލީ ޝުޖާއު އިސްކުރެވުނީ 2008 ވަނަ އަހަރު އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.