ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު --
ހަބަރު
27 May 2025 | 19:55
ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ނެގުން: ޖޭއެސްސީގެ ހޮވުމަކީ ސަލީމާއި ހަމީދު

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފެންނަ ދެ ނަމެއް ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަނީ އެ ކޯޓްގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރީ ޖޭއެސްސީން އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އެ މަޖިލީހުގައި ނެގުނު ވޯޓުންނެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައި އޮތީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މުއްދަތު ހަމަވިއިރު 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ހައިކޯޓްގެ ފަނޑިޔާރުންނާއި ފަނޑިޔާރު ކަމުން ވަކިވެވަޑައިގެންފައިވާ ބޭފުޅުން ހިމެނެ އެވެ. 

އެ ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީން އެންމެ މަތީން މާކުސް ދީފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅުންގެ ހަމަޖެއްސުމަށް ރައީސަށް ލަފާ އެރުވުމަށް ވަނީ ނިންމާފަ އެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން --

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަަަމަށް ހައިކޯޓްގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ކުރީގެ ފަނޑިޔާރުން ކަމަށްވާ އަބްދުލް ގަނީ މުހައްމަދާއި ސުޖާއު އުސްމާން އާއި އަހުމަދު ހައިލަމް އާއި މުހައްމަދު ރާގިބު އަހުމަދު ވެސް ކުރިމަތި ލެއްވި އެވެ.

އަދި ކުރީން ވެސް ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަަމަށް ކުުރިމަތިލެއްވި މަރްޔަމް ނިހާޔަތުގެ އިތުރުން އައިޝަތު ފަޒްނާ އަހުމަދު އާއި އިބްރާހިމް އަލީ ވެސް ކުރިމަތިލެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.