ބަންގާޅުގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން... ފޮޓޯ: ރޮއިޓާސް
ދުނިޔެ
28 May 2025 | 20:44
ބަންގާޅުގެ ވަގުތީ ސަރުކާރަށް ފާޑުކިޔުންތައް އިތުރުވެ، ޤައުމު އެހެން މިސްރާބަކަށް

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ސިޔާސަތުތަކާމެދު ގިނަ ބަޔަކު ހިތްހަމަނުޖެހި، އެގައުމުގެ މަސްރަހު އަނެއްކާވެސް ހޫނުވާން ފަށައިފިއެވެ.

ޝެއިޚް ހަސީނާގެ ވެރިކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ޑާކާއާއި އެހެން ސިޓީތަކުގެ މަގުތަކަށް ނިކުމެ ބޭއްވި މުޒާހަރާތަކަށްފަހު އެކަމަނާ ގައުމު ދޫކުރައްވައި ވަޑައިގަތުމުން، މިދިޔަ އަހަރުގެ އޮގަސްޓް މަހު މުހައްމަދު ޔޫނުސްގެ ބެއްލެވެވުމުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލެވުނެވެ. ޔޫނުސް އަކީ ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ، ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ މެދުގައި މަޤްބޫލު ބޭފުޅެކެވެ. ޔޫނުސްއަށް ނޮބެލް އިނާމު އެރުވީ އޭނާގެ ގްރެމީންގެ ބޭންކުން، ބަންގްލަދޭޝްގެ ރައްޔިތުންގެ ފަޤީރުކަން ނައްތާލުމަށް އެހީތެރިވުމަށް ދެމުން އަންނަ މައިކްރޯ ލޯންތަކުގެ ސަބަބުންނެވެ.

ހަސީނާގެ ވެރިކަން ބަދަލުކޮށްލުމަށްފަހު، އެމުޒާހަރާތައް ލީޑްކުރަން އުޅުނު ޒުވާނުން ވަގުތީ ގޮތުން ވެރިކަން ހަވާލުކުރީ ޔޫނުސްއާއެވެ. އެހެންނަމަވެސް އޭނާގެ ވެރިކަމާމެދު މިހާރު ގިނަ ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި އިންތިޚާބު ލަސްވާ މައްސަލައިގައި އަސްކަރިއްޔާ އާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން އަންނަނީ ގޯސްވަމުންނެވެ.

ސިވިލް ސަރވަންޓުން ވަޒީފާއިން ވަކިކުރުން ފަސޭހަކޮށް، ސަރުކާރަށް އެކަމުގައި އޮންނަ ބާރުވެރިކަން އިތުރުކުރުމާ ގުޅިގެން ސިވިލް ސަރވަންޓުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި މުސާރަ ބޮޑުކޮށްދިނުމަށް ޑިމާންޑްކޮށް، ސަރުކާރު ސްކޫލްތަކުގެ ޕްރައިމަރީ ޓީޗަރުން ހޯމަ ދުވަހުން ފެށިގެން އިހުތިޖާޖުކުރުމުގެ ގޮތުން ވަނީ ވަޒީފާއަށް ނިކުތުން ހުއްޓާލާފައެވެ.

ޓެކްސްއާއި ބެހޭ އިދާރާ ނޭޝަނަލް ބޯޑް އޮފް ރެވެނިއު އުވާލައި، އެތަނުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔުމަށްވެސް ސަރުކާރުން އަމުރެއް ނެރުނެވެ. އެހެންނަމަވެސް މުވައްޒަފުން މުޒާހަރާކޮށްފާނެކަމުގެ ބިރަށް އެނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ.

އިންތިޚާބެއް ބާއްވާނެ ދުވަހެއްގެ މައްސަލައިގައި ސިޔާސީ ޕާޓީތަކަށްވެސް އެއްގަލަކަށް ނޭރި، މަސްރަހު ގޯސްވަމުންދާއިރު، އަނެއްކާވެސް ބަންގްލަދޭޝްގެ މަގުތަކަށް ޒުވާނުން ނުކުމެ މުޒާހަރާކުރަން ފެށުމުގެ ބިރު އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް