މާލެއާ ތިލަފުށި ދެމެދު ދަތުރުކުރުން މަނާ ޗެނަލް.. ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ހަބަރު
29 May 2025 | 14:25
މާލެއާ ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރަން އަނެއްކާވެސް އިލްތިމާސްކޮށްފި

ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާތީވެ، މާލެއާ ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރަން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ، މާލެ - ތިލަފުށި ގުޅުވާލުމުގެ މަސައްކަތް މާލެއާ ތިލަފުއްޓާ ދެމެދުގައިވާ ތިން ޗެނަލުގައި ކުރިއަށްދާއިރު، މި ފަހަކަށް އައިސް އެތަންތަނުން އާއްމު ދަތުރުފަތުރަށް ބޭނުންކުރަމުންގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ފުލުހުން ބުނީ އެ ޗެނަލްތަކުން ދަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީވެ، މީގެ ކުރިންވެސް އެސަރަހައްދު ބޭނުން ނުކުރަން އިލްތިމާސް ކޮށްފައިވާނޭ ކަމަށެވެ.

މިއީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނޭ ކަމަކަށްވުމުން، އެ މަޝްރޫޢުގެ މަސައްކަތް ނިމި، އެ ސަރަހައްދު ބޭނުންކުރުމަށް ރަސްމީކޮށް ހުޅުވާލެވެންދެން އާއްމު ދަތުރުފަތުރުގެ ބޭނުމަށް ތިން ޗެނަލް ބޭނުންނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

މާލެ އާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދު ކޮށްފައިވާއިރުވެސް އެ ސަރަހައްދުން އުޅަނދުތައް ދަތުރު ކުރާތީ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ މީގެ ކުރިން އެ ސަރަހައްދު ބޭނުން ނުކުރުމަށް އެދިފައެވެ. އޭގެ ފަހުންވެސް ބައެއް އާއްމު ފަރާތްތަކުން އެ ސަރަހައްދުން ދަތުރުކުރާތީވެ، ޓްރާންސްޕޯޓުން ވަނީ ލައިސަންސް ހިފަހައްޓާނޭކަމުގެ އިންޒާރުވެސް ދީފައެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢު ނިންމަން އޮތީ މިދިޔަ އަހަރެވެ. ނަމަވެސް މަސައްކަތް ކުރިއަށްގެންދިއުމުގައި ދިމާވި ލަސްތަކާހެދި ފަހުން ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.