ބަންގްލަދޭޝްގެ ވަގުތީ ވެރިޔާ މުހައްމަދު ޔޫނުސް މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްގައި.. ފޮޓޯ: ބަންގްލަދޭޝް ސަރުކާރު
ދުނިޔެ
29 May 2025 | 18:45
ބަންގްލަދޭޝް: ކުރިއަށް އޮތް އެއް އަހަރުތެރޭ އިންތިޚާބު ބާއްވަނީ

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވެރިކަންކުރާތާ މާގިނަ ދުވަސްވެއްޖެ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، މިއަހަރުގެ ޑިސެމްބަރާއި އަންނަ އަހަރުގެ ޖޫން މަހާއި ދެމެދުގެ ތާރީޚެއްގައި އިންތިޚާބު ބާއްވާނެކަން އިއުލާންކޮށްފިއެވެ.

ބަންގްލަދޭޝްގެ ވެރިކަމާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ވިޔަފާރިވެރިޔާ މުހައްމަދު ޔޫނުސް މިކަން އިއުލާންކުރެއްވީ މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޓޮކިޔޯގައި އޮތް ބައްދަލުވުމެއްގައެވެ. އަންނަ އަހަރުގެ ޖޫންގެ ކުރިން އިންތިޚާބު އޮންނާނެކަން އިއްޔެ ޔޫނުސް އިއުލާންކުރެއްވިއިރު، އިއްޔެ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ވަނީ ޒުވާނުންގެ ސިޔާސީ ހައްޤުތައް ސަރުކާރުން ކަށަވަރުކޮށްދިނުމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ބާއްވާފައެވެ.

ޔޫނުސް ވިދާޅުވީ އިންތިޚާބުގެ ވާހަކަ އެހާ ގިނައިން ރައްޔިތުން އަހަނީ، ސިޔާސީ ބޭބޭފުޅުން އެބޭފުޅުންގެ މަޖިލިސް ގޮނޑިއަށާއި ބާރުވެރި އެހެން މަޤާމުތަކަށް އަނެއްކާވެސް އައުމަށް ކެތްމަދުވެގެން އުޅޭތީކަމަށެވެ. އަދި އިންތިޚާބު ލަސްވަމުން ދަނީ ނިޒާމީ ބަދަލުތައް ގެނައުމަށް ކުރާ މަސައްކަތް ނުނިމޭތީކަމަށާއި، އެހެންނަމަވެސް ސިޔާސީ ޕާޓީތަކަށް އެއްގަލަކަށް ނޭރިގެން ނިޒާމީ އިސްލާހުތައް ގެނައުން މާބޮޑަށް ދިގުދެމިގެން ދިޔުމަކީވެސް ހައްލެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ޑާކާގައި ބޭއްވި އެއްވުމަށްފަހު ބީ.އެން.ޕީގެ ވަގުތީ ލީޑަރު ތާރިޤުއްރަޙްމާން ވިދާޅުވީ އިސްލާހުކުރަންވީ ލިޔުމުން އެކަނި ކަންކަން އިސްލާޙުކޮށްގެން ނުނިމޭކަމަށާއި، މީހުންގެ ވިސްނުން އިސްލާހުކުރަން ޖެހޭކަމަށެވެ. އޭގެ މިސާލެއް ނަންގަވަމުން އޭނާ ވިދާޅުވީ އުތުރު ކޮރެއާގެ ޤާނޫނު އަސާސީގައިވެސް ބުނަނީ އެޤައުމަކީ "ކޮރެއާ ރައްޔިތުންގެ ޑިމޮކްރެޓިކް ޖުމްހޫރިއްޔާ" ކަމަށާއި، ކަން އޮތީ ދިމާއިދިކޮޅަށްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް