ބާބާގާޑިޔަލުން ފަލަސްތީނަށް ފައިސާ ހަދިޔާ ކުރުން: ފޮޓޯ/ ބާބާގާޑިޔާ
ހަބަރު
01 Jun 2025 | 09:58
ބާބާގާޑިޔާގެ ފަރާތުން ފަލަސްތީނަށް 20،000 ރުފިޔާ ހަދިޔާ ކޮށްފި

ބާބާގާޑިޔާގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް 20000 ރުފިޔާ ހަދިޔާ ކޮށްފިއެވެ. 

މިދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒުގައި، ފުވައްމުލަކުގައި ހިންގަމުން އަންނަ ބާބާގާޑިޔާވެސް ވަނީ މާލެ ގެނެސްފައެވެ. 

ދިވެހިންގެ މެދުގައި މަޝްހޫރު މި ގާޑިޔާއަށް ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ޒިޔާރަތްކޮށް އެތަނުގެ ކާތަކެތީގެ ރަހަ ބަލާފައިވާއިރު، ރޭ އެތަނަށް ލިބުނު ފައިސާގެ %20 ވަނީ ފަލަސްތީނަށް ހަދިޔާ ކުރުމަށް ނިންމައި، އެ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އާ ހަވާލު ކޮށްފައެވެ. އެއީ 20،000 ރުފިޔާއެވެ. 

މިކަމާ ގުޅިގެން އައިއޭސީން ވަނީ ބާބާގާޑިޔަލަށް ޝުކުރު އަދާކޮށް، އެއީ ޣައްޒާގެ ރައްޔިތުންނަށް ފައިދާ ކުރުވަނިވި އެއްޗަކަށް ވެގެންދާނެކަން ފާހަގަކޮށްފައެވެ. 

އިސްރާއިލުން ހިންގަމުންދާ ޤަތުލުއާއްމު މެދު ކަނޑާލުމަށް ވީ އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު އެމީހުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު އިސްރާއިލުން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ.

އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ. ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު އިސްރާއިލުން މިހާރު ދީފައިވާ ނަމަވެސް އެ ފުރުޞަތުގެ ދަށުން ޣައްޒާއަށް މިހާތަނަށް ފޯރު ކޮށްދީފައި ވަނީ އެ ސަހަރުގެ ރައްޔިތުންނަށް ބޭނުންވާ ހަޤީޤީ ޢަދަދާ ގާތް ވެސް ނުކުރާވަރުގެ މަދު ސާމާނުކޮޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.