ގޫގުލް.. ފޮޓޯ: ރޮއިޓާސް
ލައިފްސްޓައިލް
02 Jun 2025 | 07:16
ގޫގުލް ފޮޓޯއަށް 10 އަހަރު، ސަޅި ފީޗާސްތަކެއް ހިމަނައިފި

ގޫގުލް ފޮޓޯއަށް 10 އަހަރު ފުރުމާ ގުޅިގެން އެ އެޕްލިކޭޝަނަށް ސަޅި އާ ފީޗާސްތަކެއް ހިމަނައިފިއެވެ.

ގޫގުލްއިން ތައާރަފްކުރި އާ ފީޗާސްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފީޗާއަކީ ފޮޓޯ އެޑިޓާ އަލުން ފައްކާކުރުމެވެ. ގޫގުލް ފޮޓޯއަށް މިފަހަރު ގެނައި ބަދަލުތަކުގެ ސަބަބުން ފޮޓޯތަކަށް ބޭނުންވާ ބަދަލުތައް އަވަހަށް އަދި ފަސޭހަކަމާއެކު ގެނައުމުގެ މަގުތަނަވަސް ވެގެންދާނޭކަމަށް އެކުންފުނިން ބުނެއެވެ.

ގޫގުލް ފޮޓޯސް އިން ގެނަ ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ ފޮޓޯ އެޑިޓްކުރުމާއި، ފޮޓޯތައް ހިއްސާކުރުން ކުރިއައްކުރެ ފަސޭހަކޮށް، ބޭނުންކުރާ ފަރާތްތަކަށް ފަހި ތަޖުރިބާއެއް ހޯދައިދިނުމެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި މަސައްކަތްކުރާ އާލާތްތައް ވެސް ވަނީ ހިމަނާފައެވެ.

މި އާލާތްތަކުގެ އެހީގައި ފޮޓޯތައް އިތުރަށް ރީތިކޮށް، ފުރިހަމަ ކުރުމަށް އެހީވެދޭނެއެވެ. ކިއުއާރު ކޯޑު (QR Code) މެދުވެރިކޮށް އަލްބަމްތައް ހިއްސާކުރުމުގެ ފަސޭހަ ގޮތްްވެސް ގޫގުލް ފޮޓޯސް އިންވެސް ވަނީ ތައާރަފްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ގޫގުލް އެކައުންޓެއް ނެތް މީހުންނަށް ނުވަތަ ގިނަ ބަޔަކަށް އެއްފަހަރާ އަލްބަމް ހިއްސާކުރުން ކުރިއަށްކުރެން އެތައްގުނައެއް ފަސޭހަވެގެންދާނެއެވެ.

ގޫގުލްއިން ބުނާގޮތުގައި މި ބަަަދަލުތައް އަންނަ ހަފުތާތަކުގެ ތެރޭގައި ހުރިހާ ޔޫޒަރުންނަށް ލިބެން ފަށާނެއެވެ.

ގޫގުލް ފޮޓޯ އަކީ އަދިވެސް ދުނިޔޭގެ އެތައް މިލިއަން ބަޔަކު އެމީހުންގެ ހަނދާންތައް ރައްކާކުރަން ބޭނުން ކުރަމުން އަންްނަ އެންމެ ގިނަ މީހުން ބޭނުންކުރާ އެއް އެޕްލިކޭޝަނެވެ. ގޫގުލް ފޮޓޯއަށް އަލަށް ގެނައި މި ބަދަލުތަކާއެކު، މި އެޕްލިކޭޝަން އިތުރަށް މަގުބޫލުވެގެންދާނޭކަމަށް އެ އެޕްލިކޭޝަން ބޭނުންކުރާ މީހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް