އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީންތަަކަކާ ސުވާލުކުރަނީ
ހަބަރު
02 Jun 2025 | 17:25
ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ ބިދޭސީއަކު ފިލާފައިވާތީ ހޯދަނީ

ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ ބިދޭސީއަކު ވީތަނެއް ނޭންގި އޭނާގެ ހަބަރެއް ނުވުމުން ހޯދަން އިއުލާނު ކޮށްފި އެވެ.

އެ މީހާގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ. އެއީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

އެ މީހާ މަސައްކަތް ކުރާ ތަނުގެ އިސް މީހަކު ބުނީ ބިދޭސީ މީހާ ހޯދަން އިއުލާނު ކުރީ ބަންގަލްދޭޝްއަށް ދާން ފުރަން ވިލިމާލެ އިން މާލެ އައިސް އެއާޕޯޓަށް ގޮސްފައިނުވާތީ ކަމަށެވެ. އެހެން ކަމުން ބެލެވެނީ އޭނާ ގަސްތުގައި ފިލީ ކަމަށެވެ.

އެ މީހާ އަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އެ މީހާ ގައުމަށް ފޮނުވަން ނިންމީ ދާދި ފަހުން އެ ކުންފުނީގެ މުވައްޒިފުން ހެދި ޓެސްޓްތަކަކުން އެ މީހާއަށް ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައި ހުރުމުންނެވެ. އެކަން އެންްގީ ނަތީޖާ ލިބުުމުން އެޗްޕީއޭ އިންނެވެ.

އެ މީހާ ނުފުރާކަން ވެސް އެންގީ އެޗްޕީއޭ އިން ނެވެ. 

ބިދޭސީ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 7478833 އަށް ގުޅުމަށް އެދިފައިވެ އެވެ. އެ މައްސަލަ ފުލުހަށް ހުށަނާޅާ ކަމަށް ކުންފުނިން ބުނެ އެވެ.

ކޮމެންޓް
ޢައިޖީ
ޢަހަރެން ގެންގުޅޭ މީހާވެސް މެޑިކަލް ހެދީމަބުނީ ގޯސްބައްޔެއް އެބަހުރިޔޯ އެޗްޕީއޭ އެގޭ މިހާރު ތިންމަސް އަދިވެސް ފުރުވަން ނައަންގާ ފޯނެއްވެސް ނުނަގާ މެޑިކަލް ރިޕޯޓެއްވެސް ނުލިބުނު ވިސާފީވެއް ނުދެއްކުނު
02 Jun 2025
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.