ފުލުހުން މަގުމަތި ޕެޓްރޯލް ކުރަނީ: ފޮޓޯ/ ޕޮލިސް
ހަބަރު
03 Jun 2025 | 10:16
މެއި މަހު ފުލުހުންނަށް ރިޕޯޓްކުރި މައްސަލަތަކުގެ އަދަދު 1000 މަތީގައި، އެންމެ ގިނައީ ވައްކަމުގެ މައްސަލަ

ނިމިދިޔަ މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް 1000 އިން މައްޗަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާއްމު ކޮށްފައިވާ މެއި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހު ފުލުހުންނަށް ޖުމްލަ 1،020 މައްސަލައެއް ހުށައެޅިއިރު، އޭޕްރީލް މަހު ހުށަހަޅާފައިވަނީ 738 މައްސަލައެވެ.

މެއި މަހު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަކަތެވެ. އެގޮތުން ވައްކަމުގެ 320 މައްސަލަ ވަނީ ހުށަހަޅާފައެވެ. ދެވަނައަށް އެންމެ ގިނައިން ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް ހުށަހެޅިފައިވާއިރު އެފަދަ 268 މައްސަލަ ހުށަހަޅާފައިވެއެވެ.

މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

• ވައްކަމުގެ 320 މައްސަލަ

• ޓްރެފިކް އެކްސިޑެންޓްގެ 268 މައްސަލަ

• މަސްތުވާތަކެއްޗާ ގުޅޭ 177 މައްސަލަ

• އެއްޗެތި ގެއްލިގެން 70 މައްސަލަ

• މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލަ

• އަނިޔާގެ 54 މައްސަލަ

• ގެވެށި އަނިޔާގެ 16 މައްސަލަ

• ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލަ

• ފޭރުމުގެ 20 މައްސަލަ

• ޚިޔާނަތުގެ 19 މައްސަލަ

• ފޯޖް ކުރުމުގެ 4 މައްސަލަ

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.