އިލްމުވެރީންގެ ގުޅުމަށް ނިސްބަތްވާ ބައެއް އިލްމުވެރީން
ހަބަރު
04 Jun 2025 | 21:49
އީދު ފާހަގަކުރުމުގައި މުންކަރާތްތަކާ ދުރުވުމަށް އެދި އިލްމުވެރީންގެ ގުޅުމުން ހުރިހާ ކައުންސިލްތަކަށް ނަސޭހަތުގެ ސިޓީއެއް

‏ޢީދު ފާހަގަ ކުރުމުގައި މުންކަރާތްތަކާ ދުރުހެލިވުމަށް އެދި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ނަސޭހަތުގެ ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ދިވެހިންނަކީ އިސްލާމް ދީނުގެ ހިދާޔަތް ލިބުމުގެ މަތިވެރި ނިޢުމަތް މާތް ﷲ ދެއްވާފައިވާ ނަޞީބުވެރި ބައެެއް ކަމަށާ ރާއްޖެއަކީ، މުޅި ދުނިޔޭގައި ވެސް އޮތް ސައްތައިން ސައްތަ އިސްލާމީ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމުން މި މަތިވެރި ނިޢުމަތަށް ޓަކައި، މާތް ﷲ ގެ ޙަޟްރަތަށް، ތާއަދަބުމެ، ޝުކުރުވެރިވުން މަތީގައި ދެމިތިބުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި މިފަދަ މަތިވެރި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި، އެކަލާނގެ ޙަރާމްކުރައްވާފައިވާ މުންކަރާތްތަކުން ދުރުހެލިވެ ތިބުންކަން ފާހަގަ ކޮށްފައިވެ އެވެ.

“އެހެންކަމުން، އަޅުގަނޑުމެންނާ ބައްދަލުކުރަން ކުޑަތަންވެފައިވާ، މިއަހަރުގެ އަޟްޙާ ޢީދު ދުވަހާއި، އެނޫންވެސް ކޮންމެ އަހަރަކު އަޅުގަނޑުމެންނާ ބައްދަލުކުރާ ޝަރުޢީ ޢީދުތައް ފާހަގަކުރުމަށް ޓަކައި އެކަލާނގެ އަންގަވާފައިވާ ކަންކަން ކުރުމުގެ އިތުރުން، އެކަލާނގެ ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމުގައި ކަނޑައަޅުއްވައި، އެކަލާނގެ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުގައި ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައިވާ މުންކަރާތްތައް ކަމުގައިވާ، ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން، ޢައުރަ ރަނގަޅަށް ނިވާކުރުމެއް ނެތި، މައްސުނިވެގެން ހިންގާ ޙަރަކާތްތަކާއި، ލަވައާއި މިޔުޒިކު ފަދަ މުންކަރާތްތަކާ ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ،”

ވަކިން ޚާއްޞަކޮށް މީސްތަކުންގެ ކަންކަން ބަލަހައްޓައި ރާވައި ހިންގުމުގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް މިކަމުގެ ޒިންމާ ވަކީން ބޮޑުކަމާއި، އެކަންކަމާ މެދު ޖަވާބުދާރީ ވާންޖެހޭނެކަން ވެސް ހަނދާންކޮށްދީފައިވެ އެވެ. އަދި ކީރިތި ގުރުއާން އެކަމުގެ ދަލީލު ދައްކާފައިވެ އެވެ.

އެފަދަ މަސްއޫލިއްޔަތެއް ހަވާލުކުރައްވާފައިވާ ކޮންމެ ފަރާތަކީ މުންކަރާތްތައް ހުއްޓުވުމުގެ މަތިވެރި މަސްއޫލިއްޔަތު މާތް ﷲ ހަވާލުކުރައްވާފައިވާ ބައެއް ކަމަށާ އެކަމުގައި ފަރުވާކުޑަކޮށް، އިހުމާލުވެއްޖެ ނަމަ، ނުވަތަ އެފަދަ މުންކަރާތްތައް ރާވައި ހިނގައި، އެކަންކަން އިންތިޒާމު ކުރުމުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ނަމަ، އެއީ އެ ފަރާތްތަކާއި، އެ މުޖުތަމަޢުއެއް ވެސް މާތްﷲގެ ކޯފާއަށް ހުށަހެޅުމުގެ ސަބަބަކަށް ވެގެންހިނގައިދާނެ ފަދަ ނުރައްކާތެރި ކަމެއްކަން ވެސް ހަނދާން ކޮށްދީފައިވެ އެވެ. 

“ވީމާ، މާތް ﷲ އަށް ޝުކުރުވެރިވެ އެކަލާނގެ މަތިވެރި ކުރުމަށް ޓަކައި، މުއުމިނުންނަށް ޝަރުޢު ކޮށްދެއްވާފައިވާ ޢީދުތައް ފާހަގަކުރުމުގައި ދެ ޖިންސު މައްސުނިވުމާއި، ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އެއްބައެއް އަނެއް ބައެއްގެ ކުރިމަތީ ނެށުމާއި، މިއުޒިކު ކުޅުން ފަދަ ކަންކަމާ ދުރުހެލިވެ ތިއްބެވުމަށާއި، ތިޔަ ބޭފުޅުންގެ ބެލުމުގެ ދަށުގައި ތިއްބެވި ރައްޔިތުން ވެސް އެފަދަ ކަންކަމުން ދުރުހެލިކުރުވުމަށް ނަޞޭޙަތްތެރިވަމެވެ. އަދި އިސްލާމީ ޢީދުތައް ފާހަގަ ކުރުމަށް ޓަކައި، މާތް ﷲ ތަނަވަސް ކޮށްދެއްވާފައިވާ ޙަލާލު، ހުއްދަ އެހެނިހެން ކުޅިވަރުތަކާއި، އިޖުތިމާޢީ ގުޅުން ބަދަހިވާ ފަދަ އެހެނިހެން ޙަރަކާތްތަކުގެ ބޭނުން ހިއްޕެވުމަށް ވަޞިއްޔަތްކުރަމެވެ،” އިލްމުވެރީންގެ ގުޅުމުގެ ސިޓީގައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ