ޢީދު ކުޅިވަރު
30 May 2026
ވިލުފުށި މާލި ޕެރޭޑް ތެރެއަށް ކަމާ ނުބެހޭ ބަޔަކު ވަދެގަތް މައްސަލައެއް
ވިލުފުށި ކައުންސިލުން ބުނީ ސިޔާސީ ކުލަ ޖެއްސުމުގެ މަގްސަދުގައި ކަމާ ގުޅުންނެތް ބަޔަކު ޕެރޭޑެއްގެ ސިފާގައި ކައުންސިލުން ކުރިއަށްގެންދިޔަ ޕެރޭޑްގެ ތެރެއަށް ވަދެގަނެ ސަރުކާރާއި ކައުންސިލާއި ޖެހޭގޮތަށް ހިންގާފައިވާ އަމަލުތައް ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ
30 May 2026
ޢީދު ފާހަގަކުރަން މިރޭ ވިލިމާލެ ބޭރުގައި ހަވާއަރުވަނީ
ހަވާ އަރުވާނީ، 21:15 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައެވެ.
27 May 2026
މަންފާ އީދު އުފާ: ފެރިދޫގެ ތާރީޚުގައި ވެސް ބޭއްވި އެންމެ ފޯރިގަދަ ހަވީރު
ފެރިދޫ ރައްޔިތުން ބުނީ މިއީ ރަށުގެ ތާރީހުގައި ވެސް ބޭއްވުނު އެންމެ ފޯރިގަދަ ހަވީރު ކަމަށެވެ.
27 May 2026
ރައީސްގެ އިލްތިމާސް: ޢީދުގެ އުފާފާޅުކުރުމުގައި އިސްލާމީ އުސޫލުތަކުގައި ހިފެހެއްޓަވާ
ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ޢީދުގެ ކުޅިވަރުތަކާއި އުފާފާޅުކުރުންތަކުގައި އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހީންގެ ރީތި އާދަކާދަތަކުގައި ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފިއެވެ.
25 May 2026
ސެންޓްރަލް ޕާކްގައި ކުރިއަށްދާ އީދު ހަވީރުގައި އެމްއޭސީއެލްގެ ހާއްސަ ސްޓޯލެއް
މިއަހަރުގެ ޢީދު ޚާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަކުރުންތެރިޔާ ޢަލީ އަޝްފާޤުގެ ހުނަރުތައްވެސް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ
25 May 2026
ރ.މީދޫ ރައްޔިތުންގެ "ޢީދު އުފާ" މިފަހަރު އިހުގެ ސަގާފީ ކުޅިވަރުތަކާއެކު
މީދޫ ރައްޔިތުން މިހާރު އަވަދިނެތި އެ އުޅެނީ މިފަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ތައްޔާރުވުމުގައެވެ. ޢީދު ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ހަރަކާތް ފަށާފައިވަނީ ރޭ ކުރިއަށްގެންދިޔަ ހާއްސަ ބާބެކިއު ހަރަކާތާއެކުގައެވެ
25 May 2026
ޢީދު ފާހަގަކުރާއިރު މުންކަރާތްތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފި
ޢީދު ފާހަގަކުރުމުގެ ގޮތުން ހިންގާ އެކި ހަރަކާތްތަކުގައި ފާހިޝް ކަންކަމާއި މުންކަރާތްތަކުން ދުރުހެލިވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ޖަމްޢިއްޔާއެއް ކަމަށްވާ "ޢިލްމުވެރިންގެ ގުޅުން" އިން ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
24 May 2026
ދަނގެތި ޢީދުއުފާ: ކަނބަލުންގެ ’ރަނިރަހަ‘ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު
ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް ދަނގެތީގައި ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރެއިން އަންހެން ކަނބަލުންނަށް ޚާއްސަކޮށް ބާއްވާ ކެއްކުމުގެ މުބާރާތް، ”ރަނިރަހަ“ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.