މިދިޔަ އަހަރުގެ ރަނިރަހަ މުބާރާތުގެ އެއްވަނަ ޓީމަށް އިނާމު ހަވާލުކުރަނީ- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ހަބަރު
24 May 2026 | 08:15
ދަނގެތި ޢީދުއުފާ: ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ކެއްްކުމުގެ މުބާރާތް ’ރަނިރަހަ‘ގައި ބައިވެރިވުމުގެ ފުރުސަތު

ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް ދަނގެތީގައި ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރެއިން އަންހެން ކަނބަލުންނަށް ޚާއްސަކޮށް ބާއްވާ ކެއްކުމުގެ މުބާރާތް، ”ރަނިރަހަ“ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޢީދުއުފާ އިމުގެ ތެރޭގައި ފާހަގަކުރުމަށް ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސްނަގައިގެން، އެރަށު މުވައްސަސާތަކާއި، މަދަނީ ޖަމިއްޔާ ތަކާއި ގުޅިގެން ގިނަ ހަރަކާތްތަކަކާއި މުބާރާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެގޮތުން، މި އަހަރުގެ ކުޅިވަރުތައް ހިންގުމުގައި، އެ ރަށު ޖަމިއްޔަތުލް އަންވާރު، ދަނގެތީ ސިއްހީ މަރުކަޒު، ދަނގެތީ މަސައްކަތްތެރިންގެ ޖަމިއްޔާ، އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީ، ދަނގެތި ޕޮލިސް ސްޓޭޝަން، ދަނގެތީ ޔޫތު ސެންޓަރު، ދަނގެތީ ސްޓެލްކޯ އަދި އަލް އަސްރު ބައިވެރިވެއެވެ.

މިދިޔަ އަހަރުގެ ރަނިރަހަ މުބާރާތުގައި ބައިވެރިވި ޓީމްތައް ކައްކަނީ: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް 

މިފަހަރު ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އަންހެން ކަނބަލުންގެ މެދުގައި އެންމެ ފޯރިގަދަ އެއް މުބާރާތަކީ ކެއްކުމުގެ މުބާރާތެވެ. 

މި މުބާރާތުގައި ބައިވެރިވެވޭނީ ތިން މީހުންގެ ޓީމަކުންނެވެ. އަދި ބައިވެރިންނަށް ހަވާލުކުރެވޭ ބާވަތްތައް ކަނޑައެޅިފައިވާ ވަގުތުގައި ކައްކައި ނިންމައި، ކެއްކި ތަކެތި ރީތިގޮތަކަށް ޑެކޮރޭޓްވެސް ކުރަންޖެހެއެވެ. ޓީމުތަކުން ތައްޔާރުކުރާ ތަކެއްޗަށް މާކްސްދެނީ ކަމުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. 

މިދިޔަ އަހަރުގެ ރަނިރަހަ މުބާރާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް 

އެންމެ މަތީމާކްސް ހޯދައިގެން އެއްވަނަ އަށް އަންނަ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމް، ދެވަނަ ޓީމަށް 3000 ރުފިޔާގެ އިނާމް އަދި ތިންވަނަ ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ނިންމާފައެވެ.  

މިދިޔަ އަހަރުގެ ރަނިރަހަ މުބާރާތުގައި ޓީމަކުން ތައްޔާރުކުރި ޑިޝްއެއް- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މި މުބާރާތުގެ އިތުރުން، ޒުވާނުންގެ ވާދެމުގެ މުބާރާތަކާއި، ބޮޑެތި މީހުންގެ ވާދެމުގެ މުބާރާތެއްގެ އިތުރުން މަސްރޭހެއް އަދި އެންމެ ބުންވަރު ހުރި މީހެއް ބެލުމަށް ގަދަފަހުލަވާނު މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. އެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 

ކޮންމެ މުބާރާތަކުންވެސް ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ވަނީ ނިންމާފައެވެ.

މުބާރާތްތަކުގައި ބައިވެރިވުމަށް އަންނަނިވި ލިންކުތައް މެދުވެރިކޮށް ފޯމު ފުރުމުން ބައިވެރިވެވޭވެނެ ކަމަށް ޖަމިއްޔަތުން ޤަލަމުން ބުނެއެވެ. 

ރަނިރަހަ މުބާރާތް: https://forms.gle/cUFhyT3v5MyoZv1F8

ގަދަ ފަހުލަވާނު: https://forms.gle/WqfGrtYaQME5SKvV8

ޒުވާނުންގެ ވާދެމުން މުބާރާތް: 

https://forms.gle/KeCPpkG4Tn1JqgSG9

ބޮޑެތި މީހުންގެ ވާދެމުން މުބާރާތް: 

https://forms.gle/XKDw5ZvKzcGPT3n39

މަސްރޭސް:

https://forms.gle/NZSg4NDLVMRKFdnXA

ޢީދަށް ދަނގެއްޗަށް ޒިޔާރަތްކުރާ މެހެމާނުންނަށްވެސް މުބަރާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ޖަމިއްޔަތުލް ޤަލަމުން ބުނެއެވެ. 

އިސްލާމީ ހަމަތަކާއި، އިމުގެ ތެރޭގައި، ދިވެހި ސަގާފަތާ، އާދަކާދަތަކާ އެއްގޮތަށް، އެންމެން ގުޅިގެން، ބައިވެރިކުރުވައިގެން ދަނގެތީގައި ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.