ވިލުފުށި މާލި ޕެރޭޑްގެ ތެރެއިން..
ހަބަރު
30 May 2026 | 18:02
ތ.ވިލުފުށި މާލި ޕެރޭޑް ތެރެއަށް ކަމާ ނުބެހޭ ބަޔަކު ވަދެގަތް މައްސަލައެއް

ތ.ވިލުފުށީގައި ރަށު ފެންވަރުގައި އަޟްހާ ޢީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި މާލި ޕެރޭޑަށް ކަމާ ނުބެހޭ ބަޔަކު ވަދެގަނެ ހިންގި އަމަލުތައް ވިލުފުށި ކައުންސިލުން ކުށްވެރިކޮށްފިއެވެ.

އިއްޔެ ހަވީރު ވިލުފުށީގައި ބޭއްވި މަށި މާލި ޕެރޭޑްގެ ތެރޭގައި ހިނގާދިޔަ ހާދިސާއާ ގުޅޭގޮތުން އެރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އީދުގެ ކުޅިވަރުތައް ކައުންސިލުން ރާވާ އިންތިޒާމު ކޮށްފައިވާނީ ރަށުގެ މުއައްސަސާތަކާއި ދައުަލަތުގެ ކުންފުނިތަކާއި، ރަށުގެ ޖަމްޢިއްޔާތަކާއި ޒަމާނުންސުރެ ރަށުގައި، އޮންނަ ހަތަރު ވިލާ ހިމެނޭގޮތުން ޖުމްލަކޮށް، ރަށުގެ ހުރިހާ ރައްޔިތުން ޝާމިލު ވާނޭގޮތަށް ކަމަށެވެ. އަދި މި ކުޅިވަރުތައް ބާއްވަނީ ހުރިހާ އުމުރު ފުރާތަކެއްގެ ކުޅިވަރުތައް ހިމަނައިގެން ޘަޤާފީ ޢީދު" ނަމުގައި އިހުގެ ގިނަ ކުޅިވަރުތަކާއި ޙަރަކާތްތައް .ހިމަނައިގެން ކަމަށެވެ.

އެ ކުޅިވަރުތައް އިންތިޒާމުކޮށް ރާވާފައިވަނީ ޒުވާނުންނާއި ކުޑަކުދިންނާއި، ގުޅޭގޮތުން އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް ނުވާނޭގޮތަށް އިސްކަންދީގެން ކަމަށްވެސް ވިލުފުށި ކައުންސިލުން ބުންޏެވެ.

ވިލުފުށީގައި އިއްޔެ ކުރިއަށްދިޔަ މާލި ޕެރޭޑްގެ ތެރެއިން..

އެގޮތުން އިއްޔެ ބޭއްވި މާލި ޕެރޭޑަކީވެސް އެކަމަށް ޝައުގުވެރިވާ ދަރިވަރުންނާއި ޒުވާނުންނަށް އަދި އާންމުނަށް ބައިވެރިވުމުގެ ފުރުސަތު ދީގެން މީގެ ކުރިންވެސް ބާއްވަމުންދާ އިވެންޓެއްކަމަށް ކައުންސލުން ފާހަގަކުރިއެވެ.

ވިލުފުށި ކައުންސިލުން ބުނީ ސިޔާސީ ކުލަ ޖެއްސުމުގެ މަގްސަދުގައި ކަމާ ގުޅުންނެތް ބަޔަކު ޕެރޭޑެއްގެ ސިފާގައި ކައުންސިލުން ކުރިއަށްގެންދިޔަ ޕެރޭޑްގެ ތެރެއަށް ވަދެގަނެ ސަރުކާރާއި ކައުންސިލާއި ޖެހޭގޮތަށް ހިންގާފައިވާ އަމަލުތައް ކައުންސިލުން  ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ނާތަހުޒީބު ކަންކަން ތަކުރާރު ކުރުމަށް ކައުންސިލުން ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ވިލުފުއްޓަކީ ނިމިދިޔަ އިންތިޚާބުގައި އިންތިޚާބަކާ ނުލައި ސަރުކާރަށް ކައުންސިލް 4 ގޮނޑިއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 5 ގޮނޑިދީފައިވާ ރަށެއް ކަމަށެވެ. އަދި ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ބޮޑު ތަފާތަކުން ދީފައިވާ ސަރުކާރާމެދު ގިނަ އުންމީދު ތަކެއްއޮތް ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށްވެސް ބުންޏެވެ.

ކައުންސިލުން މަސައްކަތްކުރާނީީ ވިލުފުށީ ރައްޔިތުން ދެއްކި ނަމޫނާ އެއްބައިވަންތަކަމާއެކު، ރަށުގެ ތަރައްޤީއަށް އެ ރައްޔިތުންގެ މެދުގައި އޮތް އުންމީދު ޙަޤީޤަތަކަށް ހަދައިދިނުމަށްކަމަށެވެ. އެހެންކަމުން ސިޔާސީ ދެކޮޅުވެރިކަމާއި ބައިބައިވުމަށް، ޖާގަނުދީ އެކުވެރިކަމާއި، އެއްބައިވަންތަކަމާއެކު އެންމެން، "އެކުއެކީގައި، ފަށާފައިވާ މިދަތުރުގެ މަންޒިލަށް ވާސިލުވުމަށް، މަސައްކަތްކޮށް ދިނުމަށް، ވިލުފުށި ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ