މިދިޔަ ފަހަރު މީދޫގައި ބޭއްވި އީދު ކުޅިވަރުތަކުގެ ތެރެއިން ކޯޑި ހަރަކާތް... ފޮޓޯ: މީދޫ އިރުމަތި އަވަށު އީދު
ހަބަރު
25 May 2026 | 15:22
ރ.މީދޫ ރައްޔިތުންގެ "ޢީދު އުފާ" މިފަހަރު އިހުގެ ސަގާފީ ކުޅިވަރުތަކާއެކު

ރައްޔިތުން އެއްބައިވަންތަވެގެން ކުރެވޭ މަސައްކަތްތަކުގައި ރ.މީދޫ އަކީ އަބަދުވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އިޖުތިމާއީގޮތުން އެހެން ރަށަކަށް އެހީވުމަށް ނުވަތަ ރަށު ފެންވަރުގައި ކުރެވޭ ކަންކަމުގައިވެސް މީދޫ ރައްޔިތުންނަކީ ވަރަށް ތަފާތު ބައެކެވެ. އެކަން މީގެ ކުރިން ހިނގާފައިވާ ކަންތައްތަކަށް ބަލާލުމުން ވަރަށް ރަނގަޅަށް އެނގި ހާމަވެއެވެ. އެގޮތުން މިފަހުން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ދޯނިތަކުގައި ތުޅާދޫއަށް ކުރި ދަތުރުވެސް ފާހަގަކޮށްލެވެއެވެ. 

މީދޫ ރައްޔިތުން މިހާރު އަވަދިނެތި އެ އުޅެނީ މިފަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ތައްޔާރުވުމުގައެވެ. އީދަށް މުޅި ރަށް ޒީނަތްތެރިކޮށްފައިވާއިރު، ރޭގަނޑު މުޅި ރަށް ދިއްލާލުމަށް މަގުތަކުގައި ވަނީ ލައިޓްތައް ހަރުކޮށްފައެވެ. މި ލައިޓްތަކުން މީދޫ ރައްޔިތުންގެ ހުނަރުވެރިކަން ފެނިގެންދާނެއެވެ. 

މީދޫ ދިއްލާލާފައި..

ޢީދު ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ހަރަކާތް މީދޫގައި ފަށާފައިވަނީ ރޭ ކުރިއަށްގެންދިޔަ ހާއްސަ ބާބެކިއު ހަރަކާތާއެކުގައެވެ. 

މީދޫ އިރުމަތި އަވަށުން ނެރެފައިވާ އީދު ހަރަކާތްތަކުގެ ތާވަލަށް ބަލާއިރު، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އީދު ހަރަކާތްތައް ކުރިއަށްދާނެއެވެ. ރޭ ބޭއްވި ބާބެކިއުއަށްފަހު މިއަދަށް ތާވަލްކޮށްފައިވަނީ، އީދު ވެދުމާ ދިއުމުގެ ހަރަކާތެވެ. 

ރޭ ބޭއްވި ބާބެކިއު ހަރަކާތް..

ކުރިއަށްހުރި އީދު ހަރަކާތްތަކުގެ ތާވަލް:

މީދޫ އީދު ހަރަކާތް

މީދޫގައި މިފަހަރު އީދު އުފާގެ ހަރަކާތްތައް ކުރިއަށްގެންދަނީ އިހުގައި އެރަށުގައި އީދު ކުޅިވަރުތައް ކުޅޭ ގޮތަށެވެ. މިއީ އަދުގެ ޒުވާނުންނަށް އިހުގައި އީދު ކުޅިވަރުތައް ކުޅެ އުޅޭގޮތް ބަލާލުމަށް ލިބިގެންދާނޭ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެއެވެ. 

މިފަހަރު މީދޫގައި ކުރިއަށްގެންދާ އީދު އުފާގެ ހަރަކާތްތައް ހާއްސަވާ އެހެންކަމެއްވެސް އަދި އެބައޮތެވެ. ވިސިޓް މޯލްޑިވްސްއިން ދަނީ މީދޫގައި ކުރިއަށްގެންދާ އީދު ހަރަކާތްތައް މުޅި ދުނިޔެއަށް ދައްކާލުމަށް ހާއްސަ ކަވަރޭޖަކަށް ތައްޔާރުވަމުންނެވެ. މިއީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ދިވެހިންގެ އަމިއްލަ އާދަކާދަ ބައިނަލްއަޤްވާމީ މުޖުތަމައުއަށް ދައްކާލުމުގެ ގޮތުން ވިސިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ ކަމެކެވެ. ބޭނުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިސްތިހާރުވުމުގެ އިތުރުން ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައްވެސް އިސްތިހާރުކުރުންކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީދޫގައި ކުލަގަދަ ގޮތެއްގައި ޢީދު ފާހަގަކުރުމަށް ތައްޔާރުވެފައިވާއިރު، އީދު އުފަލުގައި ބައިވެރިވުމަށް އެހެންރަށްރަށުން އެރަށަށް ގިނަ އަދަދެއްގެ މީހުން އަންނަމުންދާަކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.