"ޢީދު އަލި" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 May 2026 | 12:02
ޢީދު ކުޅިވަރުތައް ކުޅޭއިރު އިސްލާމީ އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ޢީދުގެ ކުޅިވަރުތަކާއި އުފާފާޅުކުރުންތަކުގައި އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހީންގެ ރީތި އާދަކާދަތަކުގައި ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފިއެވެ.

ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖުވެރިންނަށް އަދި މުޅި އިސްލާމީ އުންމަތަށް ރައްދުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އަޟްޙާ ޢީދަކީ މާތްالله ވަރަށް މުހިއްމު ޢިބްރަތްތަކަކާއި ޙިކުމަތްތަކެއް ލައްވާފައިވާ މުނާސަބަތެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިއީ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ، އޯގާތެރިކަމުގެ ނަމޫނާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން ފެތުރިގެންދާ މި އުފާވެރިކަމަކީ އިންސާނީ ކުލުނުގެ ރަމްޒެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އުޟްޙިޔާ ކަތިލުމާއި، ހަދިޔާ ބަދަލުކުރުމާއި، ފަޤީރުންނަށް އެހީތެރިވުމަކީ މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ބަދަހިކޮށްދޭ ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ މަޢާފުކުރުމާއި، މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއެކު ޢާއިލީ ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް ފަހި ފުރުޞަތެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭ ކަމަށެވެ. އަދި ޢީދުގެ ސަބަބުން އާލާވާ އެއްބައިވަންތަކަމަކީ ޤައުމުގެ އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބޭ ބާރެއްކަމަށްވެސް ވިދާޅުވިއެވެ.

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދުގެ ކުޅިވަރުތައް ކުރިއަށްގެންދާއިރު، އިސްލާމީ އުސޫލުތަކާ ޚިލާފު، ދިވެހީންގެ އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައެވެ.

ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

ރައީސް މުޢިއްޒު

މެސެޖުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމުތަކުގެ ލީޑަރުންނަށް، ދުޅަހެޔޮ ޞިއްހަތަކަށާއި ފާގަތިކަމަށް އެދިވަޑައިގެން، ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، މި މުނާސަބަތުގައި އެބޭފުޅުންނަށް، އިތުރު ކުރިއެރުމާއި، އުފާވެރިކަން މިންވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.