އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން..
ދީން
27 Jun 2026 | 16:14
އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގައި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރި 11 ފަރާތެއް ހޮވައި އެކަމުގެ އަގުވަޒަންކޮށް އިނާމު ދީފިއެވެ.

ސަލަފުން ބުނީ އިސްލާމީ އިމުތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރި ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑަށް ހުޅުވާލުމުން 15 ފަރާތެއް ކުރިމަތިލިކަމަށެވެ. އަދި އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ, އެޖަމްޢިއްޔާއިން ކަނޑައަޅާފައިވާ އިންތަކަށް ރިޢާޔަތްކޮށްގެން ކަމަށެވެ.

"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ. 1446 ވަނަ އަހަރު ދޭން ފެށި މި ހިތްވަރުދިނުމުގެ އިނާމު ދޭ މިއީ 2 ވަނަ ފަހަރެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެ ފަރާތްތަކާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާ މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މާހިރު އީސާއެވެ. މި ރަސްމިއްޔާތުގައި ޖަމްޢިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ޖަމްޢިއްޔަތުއްސަލަފުން މިހަނދާނީ ލިޔުން ދިނުމަށް ނިންމި ފަރާތްތަކުގެ ތެރޭގައި ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.

ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކޮށްގެން އިނާމު ލިބުނު ފަރާތްތައް:

- އދ. މާމިގިލި ކައުންސިލް

- ލ. މާވަށް ކައުންސިލް

- ޖަމްޢިއްޔަތުލް ޤަލަމް ( އދ.ދަނގެތި)

- ޖަމްޢިއްޔަތު ރިސާލާ (ހދ.ނޮޅިވަރަން)

- އަލްބައްޔިނާ ( އދ.މަހިބަދޫ)

- އއ. ހިމަންދޫ ކައުންސިލް

- ރ. ކިނޮޅަސް ކައުންސިލް

- މ. ދިއްގަރު ކައުންސިލް

-  މަރަދޫ ޢީދު އޯގަނައިޒިންގ ކޮމިޓީ އާއި މަރަދޫ އަވަށު އޮފީސް

- އަލްމާނާރު ޖަމިއްޔާ އަދި ފޭދޫ އަވަށު އޮފީސް

- ބ. ހިތާދޫ އިރުމަތީ އަވަށް

ޖަމްޢިއްޔަތުއްސަލަފުން ބުނީ، މި އެވޯޑުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި އިސްލާމީ އަޚުލާޤާއި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ރީތި އާދަ އަށަގަތުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި މިފަދައިން މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީވެސް، ޢީދު އުފާ ފައުޅުކުރުމަކީ، ދީނީ ޝިޢާރަކަށްވުމާއެކު، މުންކަރާތްތަކުން ދުރުވެތިބެ، އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި އުފާފައުޅުކުރުމަށް ހިތްވަރު ދިނުމާ އެކަން އާލާކުރުންކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.