ކޮޅޫފުށީގައި އީދު ފާހަގަކުރުން.. ފޮޓޯ: ކޮޅުފުށީ އެކުވެރިންގެ ކްލަބް
ރިޕޯޓް
06 Jun 2025 | 09:28
މ.ކޮޅުފުށީގައި ޢީދު ފާހަގަކުރުން. އޭރާއި މިހާރު

މ.ކޮޅުފުށިން: އައިމިނަތު އަޝްފާ

ޒަމާނަށް އަންނަމުންދާ ތަރައްގީ އާއިއެކު ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކަށްވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. އެކަމުގެ އެންމެ ބޮޑު އެއް ހެތްކަކީ އީދު ފަދަ ދުވަސްތައް ފާހަގަކުރުމުގައި އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ.

މ.އަތޮޅު ކޮޅުފުއްޓަށް ބަލާއިރު، އެރަށަކީވެސް އީދު ފާހަގަކުރުމުގައި ޒަމާނުއްސުރެ ވަރަށްބޮޑު ފޯރިއެއް އޮންނަ ރަށެކެވެ. ކޮޅުފުށީގައި އީދު ފާހަގަކުރަމުން އަންނަ ގޮތްތަކަށްވެސް މިއަދު މިވަނީ، ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އީދު ނަމާދަށްފަހު ހެނދުނު ސައި ބުއިމާއި، އީދުގައި ކުޅޭ ކުޅިވަރުތަކާއި މި ނޫންވެސް ގިނަ ކަންތައްތަކަށް މިއަދު ވަނީ ބަދަލުތަކެއްއައިސްފައެވެ.

ކޮޅުފުށީގައި އެންމެ ކުރިންސުރެ އީދު ސައި ބުއިން އޮންނަނީ އެމީހެއްގެ ގޭގައެވެ. އެގޮތުން ހައްޖުދުވަހުގެ ރޭ އާއިލާ މީހުންނާއި ގާތް ރައްޓެހިންނަށް އީދު ދުވަހު ސައިބޯން ގެއަށް އައުމަށްދައުވަތުދެއެވެ. 

ޢީދުސަޔައް ތައްޔާރުކުރާ ކެއުމަށްވެސް ވަނީ ބަދަލުއައިސްފައެވެ. އެގޮތުން ކުރީގައި ޢީދު ސަޔައް އޮންނަނީ ދެވައްތަރުގެ ބޯކިބަލާއި ކަޅުސައިގެ އިތުރުން ހުނިހަކުރު ފޮޅިއެވެ. މިއާއި ހިލާފަށް މިހާރު އީދު ސައި އޮންނަނީ ރަށުގެ ހުރިހާ ރައްޔިތުންއެއްކޮށް ޖަމާއަތުގައި ސައިބުއިމެވެ. އެއަށްފަހު ފޯލިކުޅުމުގެ ބަދަލުގައި މިހާރު އޮންނަނީ ފިރިހެންވެރިންގެ ދަފިނެގުމެވެ.

ޢީދު ސައި.. ފޮޓޯ: ކޮޅުފުށީ ކައުންސިލް

ކޮންމެ ގެއަކުންވެސް މެންދުރު ޖަމާއަތް ޖަމާއަތް ހަދައިގެން ކެއްކުމަކީ އިހު ޒަމާނުގައި ކޮށްއުޅުނު ކަމެކެވެ. އަދި އީދު ދުވަހު ކަތިލުމަށް ކޮންމެގެއަކުންވެސް ބޮޑު ފަލަ ކުކުޅުޅެއް ނުވަތަ ހާލެއް ތައްޔާރުކުރާނެއެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މިކަމަށްވެސް ވަނީ ކޮންމެވެސްވަރެއްގެ ބަދަލުތަކެއް އައިސްފައެވެ. ޖަމާއަތް ހަދައިގެން ކެއްކުން މިހާރުވަނީ އާއިލީކެއުމަށް ބަދަލުވެފައެވެ. ކަންމިހެން އޮތްނަމަވެސް އެއްބަޔަކު އަނެއްބަޔަކާ އޮންނަ އެކުވެރި ގުޅުމަކަށް އެއްވެސް ބަދަލެއްނާދެއެވެ.

ފިރިހެންވެރިންގެ ބިލަތްދަފި ނެގުން.. ފޮޓޯ: ކޮޅުފުށީ ކައުންސިލް

އެއްއަހަރުން އަނެއްއަހަރަށް އީދުގައި ކުޅޭ ކުޅިވަރުތަކާއި އިދުފާހަގަކުރަމުން އަންނަ ގޮތަށްދަނީ ތަފާތުބަދަލުތައް އަންނަމުންނެވެ. އެގޮތުން ވަރަށް ފަހަކާޖެހެންދެން އީދު ދުވަހު ހަވީރު ކުޅެމުންއައި ތިންމުގޯލި ކުޅުންމިހާރު ވަނީ ކުޅުންހުއްޓާލާފައެވެ. އޭގެ ބަދަލުގައި މިހާރު އޮންނަނީ އިސްރަށްވެހިންގެ ނުވަތަ ކުޑަކުދިންގެ ހަވީރާއި އަންހެންވެރިންގެ ބިލަތްދަފި ނެގުންފަދަ ކުޅިވަރުތަކެވެ.

ފަންގަނޑު ފިއްލާކުޅުމާއި،ފަންކުޅުމާއި ތާރަޖެހުމަކީ ކުރިން ކޮންމެ އީދެއްގައިވެސް ކުޅެމުން އަންނަ ޒަމާންވީ ކުޅިވަރުތަކެވެ. ޒަމާނަށް އައި ބަދަލާއެކު މި ކުޅިވަޅުތައް މިހާރު ނުފެނުނު ނަމަވެސް ލަނގިރިޖެހުމަކީ ކޮޅުފުށީގައި މިހާރުވެސް ވަރަށް ފޯރިއާއެކު ކުޅެމުންއަންނަ ކުޅިވަރެކެވެ.

ލަނގިރި ޖެހުން.. ފޮޓޯ: ކޮޅުފުށީ ކައުންސިލް

މިހާރެކޭވެސް އެއްގޮތަށް އެންމެ ކުރިންސުރެވެސް އީދަށް ހައްސަކޮށް އެންމެން އައު ހެދުން ފަހައެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޢީދު ދުވަހުގެ އެންމެ ފަހުދުވަހު އެންމެން ރަތްކުލައިން ހެދުންއެޅުމެވެ.

'ދަފި ނެގިޔަސް ޢީދު ސަޔައްފަހު ކުޅިވަރެއް އޮންނާނެ ނަމައޭ  ވަރަށް ހިތަށްއަރާ. އެކަމަކު މިހާރު އެންމެން އެއްކޮށް އެކަކުވެސް ބާކީނުކޮށް ބޮޑު ޖަމާއަތުގައި ޢީދު ސައި އޮންނާތީ ވަރަށް ހިތްހަމަޖެހޭ. ކުރިން ހިތައްއަރާނެ މިވެނި ކުއްޖަކަށް ސައި ކޮޅެއްވެސް ނުދެވުނޭ" ކޮޅުފުށީގެ އިސް ރައްވެއްސެއްކަމަށްވާ ހަދީޖާ ބުންޏެވެ.

ޢީދު ފާހަގަ ކުރަމުން އައި ގޮތްތަކަށް ކިތަންމެ ބޮޑު ބަދަލެއްއައި ނަމަވެސް ރަށުގެ ރައްޔިތުން އެކަކު އަނެކަކާއި އޮންނަ ގުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަދިވެސް އެއީހަމަ ކުރީގެ އެކުވެރި،އެންމެންނާއިވެސް ގުޅޭ، އެއްބައިވަންތަ ބަޔަކު ދިރިއުޅެމުންދާ ކޮޅުފުއްޓެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް