މުއިއްޒު ކުރެއްވި ޕޯސްޓްގައި ހިމަނާފައިވާ ދެ ފޮޓޯ
ހަބަރު
07 Jun 2025 | 07:11
މުއިއްޒުގެ ސުވާލެއް؛ އީދު ފާހަގަކުރުމުގެ ނަމުގައި މިވަރުވާއިރު ބޮޑުވަރިހަމައިގައި ހަމަ ތިބެންވީތޯ؟

އީދު ފާހަގަކުރުމުގެ ނަމުގައި ބައެއް މީހުން ދީނާ ހިލާފު އެތައް ކަމެއް ކުރަމުން ގެންދާއިރު ބޮޑުވަރިހަމައިގައި ތިބެންވީތޯ ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރަައްވާފައިވާ މުހައްމަދު މުއިއްޒު އަދުނާން ސުވާލު ކުރައްވައިފި އެވެ.

މުއިއްޒު މި ސުވާލު ކުރައްވާފައި ވަނީ އިއްޔެ ފާހަގަކުރި އަލްހާ އީދާއި ގުޅިގެން ބައެއް ރަށްރަށުގައި ނެރުނު މާލީގެ ތެރެއިން ދެ މާއްޔެއްގެ ފޮޓޯ ހިމަނާ ކުރެއްވި ޕޯަސްޓެއްގަ އެވެ.

އޭގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ ލައުނަތް ލެއްވިގެންވާ ހާމާންގެ ސިފަ ޖެހިގެން ހުރި މީހެކެވެ. ދެން ފެންނަނީ މުޅި ގައިގައި ކަޅުކުލަލާ ޝައިތާނީ ސިފައެއް ޖެހިފައިވާ މާއްޔެކެވެ.

މުއިއްޒު ވަނީ މިއީ ވެސް ބަޔަކު އީދު ފާހަގަ ކުރުމަށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވާ މިކަންކަމާ އިސްލާމީ އީދުތަކާ ހުރި ގުޅުމަކީ ކޮބައިތޯ ސުވާލު ކުރަައްވާފަ އެވެ. އަދި މިއީ ދިވެހި ސަގާފަތާ ގުޅުން ހުރި ކަމެއްތޯ ވެސް ސުވާލު ކުރައްވާފައިވެ އެވެ.

އޭގެ ފަހުން ދެން ސުވާލު ކުރައްވާފައި ވަނީ މިދަރަޖަށް ކަންކަން ދާއިރުވެސް ބޮޑުވަރިހަމާގައި ތިބެންވީތޯ އެވެ.

“ޢީދު ފާހަގަކުރަނީޔޯ. އަޅުގަނޑުގެ ކަޓުމުއްލާކަމުން މިފަދަ މަންޒަރުތަކުން ހިތަށް ވަންނަނީ ޝައިތާނީވަންތަ މަންޒަރު. މިފަދަ ކަންކަމާ އިސްލާމީ ޢީދާއި ދިވެހި ޘަޤާފަތާ ހުރީ ކޮންގުޅުމެއްތޯ؟ ބޮޑުވަރިހަމައިގައި ހަމަ ތިބެންވީތޯ؟” މުއިއްޒު ސުވާލު ކުރައްވާފައިވެ އެވެ.

އިސްލާމީ މިފަދަ މަތިވެރި ދުވަހެެއްގައި ސައްތައިން ސައްތަ އިސްލާމީ މި ގައުމުގެ ބައެއް ރަަށްރަށުން މިފަދަ ހިތާމަވެރި މަންޒަރުތައް ފެންނާތީ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޤުބާދު އަބޫބަކުރު ވެސް މި ދެ ފޮޓޯ ހިއްސާކުރައްވާ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ޑރ. ޤުބާދު އެކަން ސިފަ ކުރެއްވީ އެބައެއްގެ ތެރޭގައި ލަދުވެތިކަން ނެތް ބަޔަކު ހިންގާނެ އަމަލުތަކެއްގެ ގޮތުގަ އެވެ.

އަދި މާތް ނަބިއްޔާގެ ބަސްފުޅެއް ހިއްސާ ކުރައްވާފައިވެ އެވެ:

ދީނީ އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިސް ވެސް ވަނީ އެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ވިދާޅުވީ މާތް ﷲ އަށް ޝުކުރުވެރިކަން ފާޅުކުރުމަށް މުއުމިނުންނަށް ޝަރުޢުކުރެއްވި ޢީދު ދުވަސްތަކުގައި ވެސް ބައެއް މީހުން ފާޅު ކުރަނީ މާތް ﷲ ލަޢުނަތް ލައްވައި ޖަހަންނަމައިގެ އަނގުރު އަލިފާން ކަށަވަރު ކުރައްވާފައިވާ ހާމާނު ފަދަ ރަތްލާޖެހި ކުރުފުގެ ޝިޢާރުތައް ކަމަށެވެ.

“ޖާހިލުކަމުގެ ވެސް އިންތިހާ. والله المستعان. މިހުންނަނީ ދައުލަތުގެ ފަރާތުން ފިޔަވަޅު އަޅަންޖެހޭ ކަންކަން” ޒަމްޒަމް ވިދާޅުވި އެވެ.

އެއްބަޔަކު އެކަން ދިފާއު ކުރުމުގައި

އީދު ފާހަގަކުރުމުގެ ނަމުގައި ބައެއް މީހުން ދީނާ ހިލާފު މިފަދަ ކަންކަން ކުރުމުން އެކަން ކުށްވެރިކޮށް އިލްމުވެރީންނާއި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ނަމަވެސް ބައެއް މީހުން ދަނީ އެކަންކަން ދިފާއު ކުރަމުންނެވެ.

އަދި އެއީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ސަގާފީ ކަމެއް ކަމަށް ބުނެ ބައެއް މީހުން ދަނީ އިލްމުވެރީންނަށް ހުތުރު ބަސްތައް ގޮވަމުންނެވެ.

ކޮމެންޓް
ވ
ނޫން ތިީރަގަޅުވާހަފުޅެއް ރަގަޅުވާނި މަނާ ކުރެއްވުން
07 Jun 2025
ހަސަންދީ(ލ)
މުއިއްޒުއަށް ނޭނގުނަސް އީދު މާއްޔަކީ މުނިފޫހިފިލުވުމަށް އެކި ފާޑު ފާޑަށް ހަދައިއުޅޭ އެއްޗެއް. ޖުމުލަކޮށް މަލާމާތަކަށް ވާގޮތަށް ކުރާ ކަމެއް! ހާމާނަށް މަލާމާތްކުރުމަކީ ވަރަށް ރަނގަޅުކަމެއް!
07 Jun 2025
ާގާދިރު
ހަސަންދީ(ލ) ތިޔަބުނާ ހާމާނަށް މަލާމާތުގެ ގޮތުން ތިޔަ މާލި ޕެރޭޑް ގައި ކުރީ ކޮންކަމެއް ހެއްޔެވެ؟؟؟ ހަމަގައިމުވެސް މަލާމާތް ކުރިތަނެއް ނުދެކެމެވެ. އިއްޒަތާއި ހައިބަތު ދެވިގެންވާ ތަން ނޫނީ ނުދެކެމެވެ. نعوذ ب لله
08 Jun 2025
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.