ނިޔާވި ތިން ޒުވާނުން
ރިޕޯޓް
07 Jun 2025 | 20:13
ތިން ޒުވާނަކު ނިޔާވުން؛ އާއިލާއާ ރަހްމަތްތެރީންނާއި ކުންފުނިތަކަށް ފުން ހިތާމައެއް

މިދިޔަ 48 ގަޑިއިރުތެރޭ ތިން ޒުވާނަކު ނިޔާވެ އާއިލާތަކާ ރަހްމަތްތެރީންނާއި އެ ޒުވާނުން ވަޒީފާ އަދާކުރަމުން އައި ކުންފުނިތަކުގެ މުވައްޒިފުންނަށް ފުން ހިތާމައެއް ލިބިއްޖެ އެވެ.

ޒުވާން އުމުރުގައިވާ ނިޔާވާ މީހުންގެ އަދަދު ރާއްޖޭގައިވެސް ދަނީ އިތުރުވަމުންނެވެ. ބައެއް މީހުން އެކި ބަލިބަލީގަ އެވެ. އަނެއް ބަޔަކު ކުއްލި ގޮތަކަށެވެ.

އަޅުގަނޑުމެން ފަދަ ކުޑަކުޑަ މުޖްތަމައެއްގައި ކައިރިކައިރީ ގިނަ ޒުވާނުންތަކެއް ނިޔާވުމަކީ މުޅި މުޖްތަމައުއަށް ލިބޭ ބޮޑު ހިތާމަ އެކެވެ. މިދިޔަ ދެ ތީން ދުވަސްތެރޭ ނިޔާވެފައި ވަނީ ހުސައިން ހުޝާމް (ކުޑަބަރޯ) އާއި އުމުރުން 24 އަހަރުގެ އަހްމަދު ޝާޛިން އާއި 27 އަހަރުގެ އިބްރާހިމް އަމީން ހަސަން ދީދީ އެވެ.

ވަރަށް ހިތްވަރުގަދަ ހުޝާމް އަކީ ތެލެސީމިއާ ޒުވާނެކެވެ. މީހުންނާއި ވަރަށް ގުޅޭ ހިތްހެޔޮ އަދި ކަންކަމުގައި އިސްނަގާ އުޅުނު ޒުވާނުންގެ ލީޑަރެކެވެ. ހުޝާމް ނިޔާވުމަކީ ތެލެސީމިއާ އާައިލާ އެކުވެރީންނަށް ލިބުނު ފުން ހިތާމަ އެކެވެ.

ޝާޛިން އަކީ އެމްއޭސީއެލްގެ މުވައްޒިފެކެވެ. ޝާޛިން ނިޔާވުމާއި ގުޅިގެން އެ ކުންފުނިން ވަނީ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ. ޝާޛިން އަކީ އައިޖީއެމްއެޗްގެ ފައިނޭންސް ޑިޕާޓްމަންޓްގެ ޗީފް ކޭޝިއާ އަހްމަދު ޝަފީގުގެ ދަރިފުޅެވެ، މި ހިތާމަވެރި ވަގުތު އެ ހޮސްޕިޓަލުން ވެސް ވަނީ ޝަފީގުއާ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.

އިބްރާހިމް އަމީން ނިޔާވީ މިއަދު ހެނދުނު އެވެ. މިއީ އައްޑޫ ސިޓީ ވެމްކޯ މުވައްޒިފެކެވެ. އަމީން ނިޔާވުމާއި ގުޅިގެން އެ ކުންފުނިން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.

އަމީން، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައީ މިއަދު ހެނދު 6:00 ގަ އެވެ. އޭރު ވަނީ ނިޔާވެފަ އެވެ. އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން ފުލުހުން ދަނީ އެކަން ބަލަމުންނެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ކީރިތިﷲ, މި ޒުވާނުންގެ ފާފަތައް ފުއްސަވާ ހެޔޮ ރަހްމަތުގައި ލައްވާށިއެވެ. އާމީން

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.