ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން
ހަބަރު
08 Jun 2025 | 12:20
ބައެއް ރަށްރަށުގެ އިޖުތިމާއީ ރިވެތި އަހްލާގީ ފެންވަރު ވަރަށް ދަށް: ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް

ރާއްޖޭގެ ބައެއް ރަށްރަށުގެ އިޖުތިމާއީ ރިވެތި އަހްލާގީ ފެންވަރު ވަރަށް ދަށްވެފައިވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވިދާޅުވެއްޖެއެވެ.

އީދު ކުޅިވަރުނަމުގައި ބައެއް ރަށްރަށުގައި ކުރިއަށްދިޔަ ހަރަކާތްތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިޒް ވިދާޅުވީ، ކުޅިވަރުގެ ނަމުގައި ބައެއް ރަށްރަށުން ފެންނަ ކަންތައްތަކުން އެނގެނީ އެ ރަށްރަށުގެ އިޖުތިމާއީ ރިވެތި އަހުލާގީ ފެންވަރު ދަށްވެފައިވާކަމެވެ. ފައިޒް ވިދާޅުވީ ބައެއް ރަށްރަށުގައި ކުރިއަށްގެންދާ އީދު ކުޅިވަރުތަކައި އީދު އުފަލާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އަދި ޤައުމިއްޔަތާއި ސަގާފަތާވެސް ގުޅުމެއްނެތްކަމަށެވެ. 

މިކަމާ ގުޅޭގޮތުން ފާއިޒް ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ކަންކަމުގެ ސަބަބުން ކުދަކުދިންގެ އަހްލާގަށް އަންނާނޭ ބަދަލުތަކާމެދު އެރަށްރަށުގެ މަސްއޫލުވެރި ފަރާތްތަކުން ވިސްނަންޖެހޭނޭ ކަމަށެވެ.

ބޮޑު އީދުގެ އުފާ ފާޅުކުރުމުެގ ގޮތުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ވަނީ މާލި ޕެރޭޑްތައް ކުރިއަށްގެންގޮސްފައެވެ. މިގޮތުން ކުރިއަށްގެންދިޔަ ބައެއް ޕެރެޑްތަކުގައި ވަނީ ﷲ ލައުނަތް ލައްވާފައިވާ ހާމާން އަދި ޝައިތާނީ ސިފަތައް ދައްކުވައިދޭ މީހުން ފެނިެގންގޮސްފައެވެ. މުސްލިމުންގެ އަގީދާއަށް ފުށުއަރާ އެ ބާވަތުގެ ހަރަކާތްތައް ހުރުމުން ގިނަ ބަޔަކުވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ