އެކްސިޑެންޓްގައި ދެ ވެހިކަލަށް ގެއްލުން ވެފައި -- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ހަބަރު
08 Jun 2025 | 13:47
ގަމު ލިންކުރޯޑު އެކްސިޑެންޓް: އެންމެބޮޑަށް އަނިޔާވިމީހާ އިތުރުފަރުވާއަށް މާލެއަށް

ލ. ގަމާއި ފޮނަދޫއާއި ދެމެދު ގުޅާލާފައިވާ ލިންކް ރޯޑުގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފިއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި 44 އަހަރުގެ މީހާގެ ކޮންމެހެން ހަދަންޖެހޭ ސާޖަރީތަކެއް ހެދުމަށް މާލެ ފޮނުވާލާފައިވާކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އެމީހާ މާލެ ފޮނުވާލީ އެ ހޮސްޕިޓަލުން ސާޖަރީ ނުހެދޭތީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ފައިގެ ދެ ތަނަކުން ވަނީ ބިނދިފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ރޭ 7 ޖަހާކަންހާއިރެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލުގައި ދުއްވާފައި ދިޔަ ދެ މީހުންނަށެވެ. އަނިޔާވި ދެ މީހުންގެ ވެސް ބޮލުގެ އެކި ހިސާބުތަކަށާއި ދެ ފަޔަށް ވަނީ އެކި ވަރުގެ ޒަހަމްތަކެއް ލިބިފައެވެ.

ސައިކަލު ފަހަތުގައި އިން މީހާއަށް ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ. އަދި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެންމީހާއަށް އެއްވެސްވަރެއްގެ އަނިޔާއެއް ލިބިފައިނުވެއެވެ.

ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.