ކަންކަން ނިންމުމުގައި ވިސްނުން އިސްކުރުމަކީ ރައްޔިތުންގެ ޒިންމާއެއް: ރައީސް

15 Sep 2018 | 14:39

ރައްޔިތުންގެ ޒިންމާއަކީ ކަންކަމާ ދޭތެރޭ ހޭލުންތެރިވެ، ޒިންމާދާރުކަމާއެކީ ކަންކަން ނިންމުމުގައި ވިސްނުން އިސްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑު އަތޮޅާއި، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ސ. ހިތަދޫއަށް ވަޑައިގެން 4 މަޝްރޫޢެއްގެ ނިމުން ފާހަގަކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މިކުރާ މަސައްކަތަކީ އާބާދީ ބޮޑު ކޮންމެ ތަނަކީ ހަޤީގީ މާނައިގައި ސިޓީއަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތްކަމަށާއި، މިފަދަ ތަންތަނުން ސިޓީއަކުން ލިބޭނެ ހުރިހާ ޚިދުމަތްތަކާއި ވަޞީލަތްތަކުގެ އިތުރުން އުމްރާނީ ތަރައްޤީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުގެ ތަޢުލީމީ މަންހަޖަކީ ވަށާޖެހޭ މަންހަޖެއްކަމަށާއި އަންނަ ދައުރުގައި ތަޢުލީމީ މަންހަޖުގައި އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މަޖުބޫރު މާއްދާއަކަށް ހައްދަވާނެކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބުނާ ތަޢުލީމީ ސިޔާސަތުގައި އޮތީ މީގެ 50 އަހަރު ކުރީގެ ވާހަކަމަށާއި، ވަޒީފާތަކުގެ ނަފާ ލިބޭ މީހުންނަށް ދިވެހި ޒުވާނުން ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތުގެ ހުނަރު އުގަންނައިދިނުމުގެ ދާއިރާއިން 100 ސްކޮލަރޝިޕް ދަރިވަރުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް