ރަޝިޔާއިން ޔޫކްރެއިންގެ ކީވް އަށް ދިންހަމަލާއެއްގައި އިމާރާތެއް ސުންނާފަތިވެފައި. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
10 Jun 2025 | 10:34
ރަޝިޔާއިން ޔޫކުރެއިންގެ ވެރިރަށް ކީވްއަށް ޑުރޯން ހަމަލާތަކެއްދީފި

ރަޝިޔާއިން ޔޫކުރެއިންގެ ވެރިރަށް ކަމަށްވާ ކީވްއަށް އަނެއްކާ ވެސް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިއެވެ.

މިކަމާއި ގުޅިގެން ކީވްގެ މިލިޓަރީ އެޑްމިނިސްޓުރޭޝަންގެ އިސްފަރާތެއް ކަމަށްވާ ޓިމޫރް ޓްކަޗެންކޯ ބުނެފައިވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ހުއްޓުމެއްނެތި ޔޫކްރެއިންނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތަކެއް އިމާރާތްތަކެއް ސުންނާފަތި ވެ، އަލިފާނުގެ އެތަކެއް ހާދިސާތަކެއް ހިނގަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ޔޫކްރެއިންގެ އޮޑެސާގެ ގަވަރުނަރު އޮލެހް ކިޕަރ ބުނެފައިވާ ގޮތުގައި ރަޝިޔާއިން އޮޑެސާގެ ސަރަހައްދަކަށް ދިން ޑްރޯން ހަމަލާތަކުގައި ކުއްލި ހާލަތުގައި ސިއްޙީ ފަރުވާދޭ ތަނަކާއި މެޓަރނިޓީ ވަރޑެއްގެ އިތުރުން މީހުން ދިރިއުޅެމުން އަންނަ އެޕާޓްމެންޓް ތަކެއް ބިމާއި ހަމަވެފައިވާކަމަށެވެ. މީގެ އިތުރުން 59 އަހަރުގެ ފިރިހެނަކު މިހަމަލާގައި މަރުވެފައިވާ ކަމަށާއި މީގެ އިތުރުން 4 މީހަކު ޒަހަމްވެފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު ރަޝިޔާގެ އެއާ ޑިފެންސް ސިސްޓަމްތަކުންވަނީ ޔޫކްރެއިންގެ 76 ޑްރޯން އެންމެ ދެ ގަޑިއިރު ތެރޭގައި ވައްޓާލާފާކަަމަށް ރަޝިޔާގެ މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ރަޝިޔާގެ އަސްކަރިއްޔާއަށް ލިބުނު ކާމިޔާބީއެއްކަމަށާއި ކުރިޔަށް އޮތްތަނުގައި ޔޫކްރެއިންގެ ބިންތަކަށް މިހާރަށްވުރެ ބޮޑަށް ވެރިވެ ގަންނާނެކަމަށް ރަޝިޔާއިން ދަނީ ބުނަމުންނެވެ.

ރަޝިޔާއިން މިހެން ބުނެފައި މިވަނީ ޔޫކްރެއިންގެ ދްނީޕްރޯޕެތުރޯވްސްކް ސަރަހައްދަށް އަތްގަދަ ކުރުމުގެގޮތުން ރަޝިއާއިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ރަޝިޔާއާއި ޔޫކުރެއިން އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާއި ހަމައަށް އާދެވިފައިވީ ނަމަވެސް އެމަޝްވަރާތަށް ވަނީ ވަގުތީ ގޮތުން މެދުކެނޑިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ