ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި

އއ.ތޮއްޑޫ.. ފޮޓޯ: ވޮއިސް

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަ ހަމައަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު 13:00 ފެށިގެން މިއަދުގެ ހަވީރު 18:00 އާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ، ހުދު ސަމާލް ނެރެފައިވާ ވަގުތުތަކުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރު، ރާއްޖެ ސަރަހައްދަށް ގަދަވާނެކަމަށް ބަލައި، މެޓް އޮފީހުން ވަނީ އަންނަ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައެވެ. އެގޮތުން ކަނޑުގަދަވެ، ވައިބާރުވުމުގެ އިތުރުން ވިއްސާރަކުރާނޭކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. 

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުމް ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނޭ ނުރައްކަލަކުން ދުރާލާ ސަމާލުވެގެން ތިބުމަށް އިލްތިމާސްކޮށްފައެވެ. 

ކޮމެންޓް