މަރުހޫމް ޝެއިހް ފަރީދު (ވ) ފަރީދުގެ ދަރިފުޅު އަބޯ
ރިޕޯޓް
10 Jun 2025 | 20:03
ޝެެއިހް ފަރީދުއާ އަލަތު ކާފަ ދަރިފުޅުގެ ވާހަކަ؛ ހަމަ ލޮލަށް ފެނި އުރާލަން ފުރުސަތެއް ނުލިބުނު

އައްޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ކުއްލި ވަކިވުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމަ އެެކެވެ. އެއީ އާންމުންނާއި ވަރަށް ގާތް ގުޅުމެއް ބޭއްވި އާދަޔާ ހިލާފު ހިތްވަރު ގަދަ ޝަހުސިއްޔަތެކެވެ. ދީނީ ގޮތުން ދިވެހީން ހޭލުންތެރި ކުރުވާ ހެޔޮ މުޖްތަމައުއަކަށް ދިވެހި މުޖްތަމައު ހެދުމަށް ޝެއިހް ފަރީދު ކޮށްފައިވާ މަސައްކަތްތަކަކީ ގިނަގުނަ މަސައްކަތްތަކެކެވެ.

ޝެއިހަކީ ދިވެހީން އުމްރާގެ އަޅުކަމަށް ގެންދިއުމުގެ މަސައްކަތާއި ދިވެހީންގެ އެހީ, ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ  މުސްލިމުންނަށް ފޯރުކޮށް ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ބޭފުޅެކެވެ. މި ހުރިހާ ސަބަބުތަކަކާ އެކު ޝެއިހް ފަރީދު ވަކިވުމަކީ މުޅި މުޖްތަމައުއަށް ލިބުނު ފުން ހިތާމައަކާ ބޮޑު ހުސް ކަމަކަށް ވެ އެވެ.

އެހެންވީއިރު ޝެއިހްގެ އާއިލާއާ ކުދީންނަށް ކުރާނެ އަސަރު ހިތަށް އޮތީ ތަސައްވުރު ކޮށްލުމެވެ.

ޝެއިހް ފަރީދުގެ ކުދީންގެ ތެރެއިން އަބްދުﷲ ފަރީދު އަހްމަދު (އަބޯ) ވަނީ ޝެއިހްގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅުގެ މުހިންމު ވާހަކައެއް ހިއްސާ ކޮށްފަ އެވެ. އެއީ ބައްޕަގެ ފަރާތުން ލިބުނު ފަހު މެސެޖެވެ. އެ މެސެޖު ހާއްސަވީ ޝެއިހްގެ ފުރަތަމަ ކާފަ ދަރިފުޅަށެވެ.

ކާފަ ދަރިފުޅުގެ ފޮޓޯއެއް ޝެއިހަށް ފޮނުވުމުން ވަރަށް ބޮޑު އުފަލަކާ ހިތްހަމަޖެހުމެއް ލިބުނު ފަދަ އެވެ. އެ ފޮޓޯ ފެނި ޝެއިހް ޖަވާބަކަށް ފޮނުވީ މިފަދައިން ލިޔެފަ އެވެ.

"ما شاء الله تبارك الله ކާފަގެ ލޯބި..!"

ފުރަތަމަ ކާފަ ދަރިފުޅަށް ހިތުގައި އޮތް ލޯބި މި މެސެޖުން ކިތަންމެހާ ވެސް ފުރިހަމައަށް ބުނެދެ އެވެ. އަބޯ ބުނި ގޮތުގައި ހާލަތް ދިމާ ކުރިގޮތުން އޭނާގެ ބައްޕަ ވަކިވެގެން ދިއައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލާ ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބި އެވެ.

އެ ދަރިފުޅު ދުނިޔެއަށް އުފަންވެ ވިއްސާ ކޮޓަރިން ނެރުނު ވަގުތު އަބޯއާ އެކު ބައްޕަ ވެސް ހުރި ކަަމަށް ބުންޏެވެ. އެކަމަކު އެ ވަގުތުވީ އޭނާގެ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރަށެވެ. ޝެއިހްގެ ކާފަ ދަރިފުޅަށް ދިމާވި ސިއްހީ މައްސަލަތަކުން ސަލާމަތްވެ އިރާދަފުޅުން ގަދަވެ ދޫކޮއްލި އިރު ޝެއިހަށް ވަނީ ދީނީ ދައުވަތުގެ މަސަތްކަތެއްގައި މެލޭޝިޔާއަށް ފުރަން ޖެހިފަ އެވެ.

"... އެ ހިނދުން ފެށިގެން އިންތިޒާރު ކުރަމުން މި އައީ ބައްޕައާއި ބައްދަލުވެ ކާފަގެ ލޯބި އުރާލަން ދެވޭނެ ފުރުސަތަކަށެވެ. ނަމަވެސް ދެން އައީ އަޅުގަނޑުގެ ލޯބިވާ މަންމަގެ އަސަރުގަދަ ކޯލެކެވެ. މަންމަ ގިސްލަމުން އެދުނީ ބައްޕަގެ ޚަބަރެއް ބަލާދިނުމަށެވެ. އަޅުގަނޑު ވަގުތުން ބައްޕައާއެކު ދަތުރު ކުރި ހިދުމަތް ޖަމިއްޔާގެ އިސްވެރި އަކަށް ގުޅީމެވެ. އެ ވަގުތު މެދުކެނޑުމެއް ނެތި ބައްޕައަށް އަވަސް ފަރުވާދޭ މެޝިނު ތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ދެން އިވުނީ ބައްޕަ އަވަހާރަވެއްޖެ ކަމުގެ ހިތާމަވެރި ޚަބަރެވެ," އަބޯ އޭނާގެ ފޭސްބުކުގައި ލިޔެފައިވެ އެވެ.

އެހެން ކަމުން ޝެއިހަށް, ފުރަތަމަ ކާފަ ދަރިފުޅު އުރާލާ ބޮސް ދިނުމުގެ ފުރުސަތެއް ނުލިބުނެވެ.

އަބޯގެ ގަދަ އަޒުމެއް; ބައްޕަ ފަޚުރު ވެރިވާ ހެޔޮ ލަފާ ޞޯލިޙް ދަރިއަކަށް ވާނަން

ޒުވާނުންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަބޯގެ އެ ސްޓޭޓަސް ގައި މުހިންމު އެހެން ކަމެއް ވެސް ފާހަގަ ކޮށްފައިވެ އެވެ.

އެއީ ބައްޕަގެ ފަރާތުން ލިބުނު ހެޔޮ ނަސޭހަތް ހަނދާނުގައި ހުރި ވާހަކަ އެވެ. އެ ނަސޭހަތުން ދިރިއުޅުމުގެ ކުރިއަށް އޮތް ދުވަސްތައް އާ ފެށުމަކުން ފަށާ ސޯލިހް ދަރިއެއްގެ ގޮތުގައި ދެމި ހުންނާނެ ކަމެވެ. އަދި ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅަށް, ބައްޕަގެ ފަރާތުން އަބޯއަށް ލިބުނު ފުރިހަމަ ތަރުބިއްޔަތު ދޭނެ ކަމެވެ.

"ލޯބިވާ ބައްޕާއެވެ. އިންޝާﷲ ދުނިޔޭގައި ހުންނެވި ވަގުތުތަކުގައި ދެއްވި ހެޔޮ ނަޞޭހަތް ދުވަހަކުވެސް މި ހިތުން ފިލާ ނުދާނެ ކަން ކަށަވަރެވެ. ބައްޕަ ފަޚުރު ވެރިވާ ފަދަ ހެޔޮ ލަފާ ޞޯލިޙް ދަރިއަކަށްވެ އެގޮތުގައި ދެމި ހުންނާނަމެވެ. ބައްޕަގެ ލޯބިވާ ކާފަ ދަރިފުޅަށް ދޭން އޮތް ތަރުބިއްޔަތަކީ ހަމަ ތި ލޮބުވެތި ބައްޕަ އަޅުގަނޑަށް ދެއްވި ތަރުބިއްޔަތެވެ,"

އަބޯގެ ސްޓޭޓަސް ނިންމާލާފައި ވަނީ އޭނާގެ ބައްޕަގެ ފާފަ ފުއްސަވާ، ކައްވަޅުގެ ޢަޒާބުން މިންޖު ކުރައްވާ، އަދި ބައްޕަގެ ލޯބިވާ ކާފަ ދަރިފުޅާއި ޖަންނަތުލް ފިރްދައުސް އިން ބައްދަލްވުމަށް އެދި ދުއާ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ