އެމްޓީސީސީން ރަށެއްގެ ފަޅުފުންކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ.. ފޮޓޯ: ވޮއިސް
ހަބަރު
11 Jun 2025 | 16:44
އެމްޓީސީސީގެ އަމާޒަކީ މިއަހަރަށް 59 ޕްރޮޖެކްޓް ނިންމައި ހަވާލުކުރުން: ސީއީއޯ

އެމްޓީސީސީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 59 މަޝްރޫޢުއެއްގެ މަސައްކަތް ނިންމައި ހަވާލުކުރުންކަމަށް އެކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ، އެމްޓީސީސީއަށް މިހާރުވެސް ސަރުކާރުގެ 200 އެއްހާ މަޝްރޫޢު ލިބިފައި އެބައޮތްކަމަށާއި، އެގޮތުން އެކުންފުނިން އަމާޒުހިފާފައިވަނީ ކުރިއަށް މިއޮތް ދެ އަހަރުދުވަހުގެ ތެރޭގައި 131 މަޝްރޫޢުގެ މަސައްކަތް ނިންމުމަށްކަމަށެވެ. މިހިނގާ އަހަރު ނިމުމުގެ ކުރިން 59 މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި 72 މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ހިމެނޭ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ބިންހިއްކުމާއި އަތޮޅުގެ ރަށްރަށުގެ ބަނދަރުތައް ހެދުމުގެ މަސައްކަތާއި އެއާޕޯޓްތައް ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ. ސީއީއޯ ސައުދީ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ސަރުކާރުން އެކުންފުންނަށް 20 މަޝްރޫޢުއެއް ހަވާލުކޮށްފައިވާއިރު، މިހާރު މަސައްކަތްތައް ހަމަޖެހިފައިވާގޮތަށް ކުރިއަށްދާގޮތުން މަހެއްގެ ތެރޭގައި 6 ނުވަތަ 7 މަޝްރޫޢު ނިންމައި ހަވާލުކުރެވޭނޭ ކަމަށެވެ. 

މި ފަސް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެގިނަ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރެވިގެންދާ ފަސް އަހަރުކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، މީގެ ތެރޭގައި ސަރުކާރުގެ ހާއްސަ މަޝްރޫޢުތައް ހިމެނޭކަމަށެވެ. މިގޮތުން އެޑިއުކެޝަން މިނިސްޓްރީ، ހެލްތް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުންވެސް އެކިއެކި މުއައްސަސާތަކުގެ މަޝްރޫޢުތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މި ފަސްއަހަރުވާނެ އިންފްރާސްޓަކްޗަރ ބިލްޑްކުރުމުގައި އެންމެ މުހިއްމު އެއް ފަސް އަހަރަށް

އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވިއެވެ

ސައުދީ އިތުރަށް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލުމުގެ ގާބިލްކަން އެކުންފުނީގައި އެބަހުރިކަމަށެވެ. އެގޮތުން އެމްޓީސީސީއަކީ ރައްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރުވާ އެންމެ ދުވަސްވީ ކުންފުނިކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ މެޝިނަރީއަކަށް މައްސަލަ ޖެހުނު ނަމަވެސް އެއެއްޗެއް ހައްލުކުރުމުގެ ގާބިލްކަން އެކުންފުނީގެ އެބައޮތްކަމަށެވެ. 

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ އިތުރުން އެމްޓީސީސީން ދަނީ ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ. ސީއީއޯ ސައުދީ ވިދާޅުވީ މިމަހުގެ ތެރޭގައި އެމްޓީސީސީން ރ އަތޮޅުގައި އާރުޓިއެލްގެ ހިދުމަތް ފެށިގެންދާއިރު، އަންނަ ޖުލައިމަހުގެ ތެރޭގައި ބ އަތޮޅުގެ ރަށްތަކަށް އެ ހިދުމަތް ފެށިގެންދާނޭކަމަށެވެ.

އެމްޓީސީސީއަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ހިއްސާވިއްކަން ފެށި ކުންފުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.