އަލީ ރަމީޒު -- ފޮޓޯ: ވޮއިސް
ހަބަރު
11 Jun 2025 | 20:16
އީދުގައި ފެނުނު މަންޒަރުތަކުން އަލީ؛ ހިތާމައިގެ ކޮޅެއް ވެސް ނެތް

ފަހުގެ ތާރީހެއްގައި އީދުގައި އަންހެންވެރީން ނުނަށާ ވަރަށް މި ބޮޑު އީދުގައި ނަށާފައިވާ ކަމަށާ އެއީ ހިތާމައިގެ ކޮޅެއް ނެތްހާ ދެރަ ކަމެއް ކަމަށް ދައުވަތުގެ މައިދާނުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.

އަލީ ރަމީޒަކީ ދިވެހީންގެ ވަރަށް ބޮޑު އިހްތިރާމަކާއި ގަދަރެއް ހޯދާފައިވާ ބޭފުޅެކެވެ. މީގެ ވިއްސަކަށް އަހަރު ކުރީން ފެށިގެން އަލީ ގެންދަނީ ދީނީ ކަންކަމަށް ދިވެހީން ހޭލުންތެރި ކުރުވާ ދައުވަތު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.

އަލީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ފަހުގެ ތާރީހެއްގައި އީދުގައި އަންހެންވެރީން ނުނަށާ ވަރަށް މި ބޮޑު އީދުގައި ނަށާފައިވާ ކަމަށާ އެއީ ހިތާމައިގެ ކޮޅެއް ނެތްހާ ދެރަ ކަމެއް ކަމަށެވެ.

ނިމިގެންދިޔަ އަލްހާ އީދުގައި އުފާފާޅުކުުރުމުގެ ނަމުގައި ދެ ޖިންސު މަސްހުނިވެ ނެށުމާއި އެ ނޫން ވެސް ވަރަށް ގިނަ މުންކަރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. ބައެއް މީހުން ދެކޭ ގޮތުގަައި މިފަހަރު އެކަން ބޮޑުވީ ސަގާފަތާއި އާދަކާދަ ދިރިވުމުގެ ނަމުގައި ސަރުކާރުން އިސްވެ ހުޅުވައިދިން ފުރުސަތެއްގެ ސަބަބުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.