ރަޝިޔާއިން ޔޫކްރެއިން އަށް ދިން ހަމަލާއެއްގައި އިމާރާތެއް ބިމާއި ހަމަވެފައި. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
12 Jun 2025 | 14:55
ރަޝިޔާއިން ޔޫކްރެއިންނަށް ދިން ހަމަލާއެއްގައި 6 މީހަކު މަރުވެއްޖެ

މެދުކެނޑުމެއްނެތި ނުވަ މިނެޓް ވަންދެން ރަޝިޔާއިން ޔޫކްރެއިންގެ ސިޓީއެއްކަމަށްވާ ޚަރްކިވް އަށް ދިން ޑްރޯން ހަމަލާތަކެއްގައި 6 މީހަކު މަރުވެ، 64 މީހަކު ޒަހަމްވެއްޖެއެވެ.

މިހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނޭކަމަށް މީޑިޔާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. ޔޫކުރެއިން އިން ބުނެފައިވާ ގޮތުގައި ޔޫކްރެއިން އިން ރައްދުގައި ރަޝިޔާގެ ގަން ޕައުޑާ ޕުލާންޓަކަށް ވަނީ ހަމަލާދީފަކަމަށެވެ. ދެފަރާތުން ވެސް ހަމަލާ ބަދަލު ކުރަމުން ދާއިރު ރަޝިޔާއިން ދަނީ ޔޫކްރެއިންގެ ރަށްތަކަށް ވެރިވެގަނެ އަތްގަދަކުރަމުގެ އޮޕަރޭޝަނެއް ފަށައިފައެވެ.

އެގޮތުން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ދްނީޕްރޯޕެތުރޯވް ހިފުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ދްނީޕްރޯޕެތުރޯވް ސަރަހައްދު ދިފާއުކުރުމަށްޓަކައި ޔޫކްރެއިންގެ ސިފައިން އެތަކެއް މަސައްކަތްތަކެއް ކުރިނަމަވެސް ދްނީޕްރޯޕެތުރޯވްސްކް ސަރަހައްދަށް އަތްގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓުރީ އިން ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ ރަޝިޔާއިން ވަނީ ޔޫކްރެއިންގެ 32 ޑްރޯން ވައްޓާލާފައެވެ. މިއީ ރަޝިޔާއަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ރަޝިޔާގެ އަސްކަރިއްޔާގެ އިސް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާއިން ވަނީ ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަފަށައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މިވަގުތު ވެސް ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބައި ސަރަޙައްދެއް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮންބާސްގެ ސަރަހައްދުތަށް ކަމަށްވާ ކަމުގައިވާ ލުހާންސްކާއި ޑޮނެސްކުގެ އިތުރުން ޒަޕޮރީރިޔާގެ ގިނަ ސަރަހައްދުތަކެއް ވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ