އަށާރަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުން -- ފޮޓޯ: ކަސްޓަމްސް
ހަބަރު
12 Jun 2025 | 15:48
18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ތަކެއްޗާ ހަވާލުވާން ދިޔަ މީހާ ދޫކޮށްލައިފި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެ ތަކެތި އަޅާފައިހުރި އެއްޗެއްސާ ހަވާލުވާން ދިޔަ ބިދޭސީ މީހާ ހައްޔަރު ކުރުމަށް ފަހު ބަންދުން ދޫކޮށްލައިފި އެވެ.

އެ މައްސަލާގައި ހައްޔަރު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ އޭނާ އާއި މަސްތުވާތަކެތި އެތެރެކުރި މީހުންނާ ގުޅުމެއް އޮތް ކަމަށް ތަހުގީގަށް ނުފެންނާތީ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. 18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ޕްލާސްޓިކް ގަސް ޕޮޓްތަކެއްގަ ފޮރުވައިގެންނެވެ.

މި ތަކެތީގެ އަގު 26 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. މި ތަކެތި ފޮރުވާފައި ހުރީ 33 ޕެކެޓެއް ގައި ކަމަށެވެ.

އަދި މި ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މަސްތުވާތަކެތި އެތެރެކުރީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓަކުން ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް
އަހުމަދު
މަސްތުވާ ތަކެތި ރާއްޖެއަންނަނީ އެތަކެތި އަމިއްލައަށް. އެކަމާ މީސްމީހުން ހައްޔަރުކުރުމަކީ ބޭކާރު ކަމެއް.
12 Jun 2025
އަމާން
ޙައްލަކީ ޢުމަރު
12 Jun 2025
އަމާން
ސަރުކާރުގެ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތް. ތިޔަ ބޭފުޅުންގެ ދަރިން މަސްތުވާ ތަކެތިން ސަލާމަތް ކުރަން ބޭނުންނަމަ ޢުމަރު ނަޞީރު ވެރިކަމަށް ގެނޭ.
12 Jun 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.