ދިރާސީ އާ އަހަރު ފެށުމުގެ ކުރީން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކައާ ހަވާލުކުރުން -- ފޮޓޯ: އެޑިއުކޭޝަން
ހަބަރު
12 Jun 2025 | 15:59
ދިރާސީ އާ އަހަރު ފެށުމުގެ ކުރީން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކައަށް

ދިރާސީ އާ އަހަރު ފެށުމުގެ ކުރީން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކަ ކޯޕަރޭޝަނާއި މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްަގއި ފެނަކައަށް އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން ފަށާފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ހުރިހާ ސުކޫލްތަކެއް ދިރާސީ އާ އަހަރު ފެށުމުގެ ކުރީން އޭސީކޮށް ނިންމާނެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ކުރީން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކައާ ހަވާލުކުރުން -- ފޮޓޯ: އެޑިއުކޭޝަން 

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި މަަސައްކަތް ފެނަކައާ ހަވާލުކުރީ 54 މިލިއަން ރުފިޔާއަށް ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ގާތްގަނޑަކަށް 3604 ކްލާސްރޫމް ހުރި ކަމަށާ، އެ ހުރިހާ ކްލާސްރޫމެއް މި އަހަރުގެ ސެޕްޓެމްބަރ މަސް ނޫނީ، މިއަހަރު ނިމުމުގެ ކުރިން އޭސީ ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ވަނީ ކުރީން ވިދާޅުވެފަ އެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ފޭސް 2 ގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ނިންމާފައިވާއިރު މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ޚަރަދު ކުޑަވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.