ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ
ހަބަރު
12 Jun 2025 | 23:13
އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ހަދާ މީހާގެ ފޯނާއި ލެޕްޓޮޕް ހިފަހައްޓައިފި

އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ހަދާ މީހާގެ ފޯނާއި ލެޕްޓޮޕް ހިފަހައްޓައިފި އެވެ.

"ޔާޔާ ނަބީލް" ނަމުގައި އެއްވެސް ލަދެއް ހަޔާތެއް ނެތި ޓިކްޓޮކް ގައި އުޅެމުންދާ ދިވެހި ފިރިހެން މީހާގެ މައްސަލަ ނޫސްވެރީން އިސްވެ ސަމާލު ކަމަށް ގެންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެކަމާމެދު އެޅި ފިޔަވަޅަކާ މެދު ސުވާލު ކުރާތާ އެތައް ދުވަހެއް ފަހުން ފުލުހުން މިރޭ ބުނީ "ޔާޔާ ނަބީލް" ދިރިއުޅޭ ގެ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އެ ގެ ބަލާ ފާސްކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެ ގެ ބަލާ ފާސްކޮށް ލެޕްޓޮޕަކާއި ފޯނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.

އަދި ބުނީ އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ހަދާ މީހާ އެކަން ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ މައްސަލާގައި ކުރީން ހައްޔަރު ކޮށް ޖަލަށް ވެސް ލި އެވެ. ބަންދުން ސަލާމަތްވެގެން އައިސް އަނެއްކާ އެކަން ފެށި އެވެ.

އޭނާ މިހާރު ގެންދަނީ މަޖީދީމަގުގައި ހިންގާ ފޮތި ފިހާރައެއްގައި ހުރެގެން ވެސް ޓިކްޓޮކުން ލައިވެ ހުތުރު ވައްތަރުތައް ޖައްސަމުންނެވެ. މި ވަރަށް މީހެއްގެ ނުބައިކަން ދިޔަނަމަވެސް އެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާތީ އެތައް ބަޔަކު ދަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓް
އައި
އަލަކަށް ނޫން ހައްޔަރު ކުރި
12 Jun 2025
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.