ވަރޑެއްގައި ސިއްހީ ހިދުމަތްތެރިއަކު ބަލިމީހެއް ކައިރީގައި.. ފޮޓޯ/ ނިއުޔޯކްޓައިމްސް
ހަބަރު
14 Jun 2025 | 12:45
މެނިންގޯކޮކަލްގެ އިތުރު ކޭހެއް ނެތް: އެޗްޕީއޭ

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނުމާއި ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށާއި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

ރާއްޖެއިން މެނިންގޯކޮކަލްގެ ކޭހެއް ފެނުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ހުރިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ މިމަހުގެ 7 ވަނަ ދުވަހު ފަށާފައެވެ. އެއީ މި ބަލީގައި އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކު ވަނީ މަރުވުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން މިހާރު ވަނީ ހަދައި ނިމިފައެވެ. އަދި އޭގެ ތެރެއިން އެއްވެސް މީހަކު ބަލީގެ އަލާމާތެއް ހުރިކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.

މެނިންގޯކޮކަލް ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިހާތަނަށް ރާއްޖެއިން މެނިންގޯކޮކަލް ބަލި ފެނިފައިވަނީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުންގެ ގައިން ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ހަމައެހެންމެ މެނިންގޯކޮކަލް ބައްޔަކީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބައްޔެކަމުން، މި ބަލި ޖެހިފައިވާ މީހަކާއިއެކު ގިނަ ވަގުތު ހޭދަކޮށް އުޅޭ މީހުންގެ ގަޔަށް ޖަރާސީމު އެރުމުގެ ފުރުސަތު ބޮޑެވެ.

މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި:

- ހުން އައުން

- ހަމުގައި ރަތް ބިހިތަކެއް ނެގުން

- ބޮލުގައި ރިއްސުން 

މެނިންގޯކޮކަލް ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އެކަމުގެ އަސަރު ކުރުމުގެ އިތުރުން މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުމުގެ ފުރުސަތު ބޮޑެވެ. މެނިންގޯކޮކަލް ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.