އީރާނުން އތެލް އަވީވް އަށް ދިން ހަމަލާއެއް އިމާރާތަކަށް އަމާޒުވެފައި. ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
14 Jun 2025 | 14:08
އީރާންއިން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދޭނެކަމަށް އިންޒާރުދީފި

އީރާނާއި ދެކޮޅަށް އިޒުރޭލުން ހަމަލާދިނުމުގެ ސަބަބުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން، އިޒުރޭލަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ އިތުރުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ފުޅާކުރާނެކަމުގެ އިންޒާރު އީރާނުގެ އަސްކަރީ އޮފިޝަލުން ދީފިއެވެ.

ރޭގައި އިޒުރޭލުން ދިން ހަމަލާތަކުން ކުރިމަތިލުންތަކަކަށް ނިމުމެއްނާންނާނެ ކަމަށާއި ކުރިއަށްއޮތްތާނގައި އިޒުރޭލަށް ވަރުގަދަ ހަމަލާތަކެއްދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި މި ހަމަލާއަކީ އިޒުރޭލްށް ވޭންދެނިވި އަދި ހިތާމަވެރި ރައްދަކަށް ވެގެންދާނެ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.

އަދި ހަމައެހެންމެ އީރާނުގެ ރައްދު ޙަމަލާތައް، ޔަހޫދީ އިޒުރޭލުން އިސްތިޢުމާރުކޮށްފައިވާ ހުރިހާ ސަރަހައްދުތަކެއްގެ އިތުރުން ޔަހޫދީންނަށް އެންމެ ވާގިވެރިވާ އެމެރިކާއިން އެ މެދުއިރުމަތީގައި ހިންގާ އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރާނެކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީރާނުން އިޒުރޭލާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފައި މިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާންއާއި ދެކޮޅަށް އިޒުރޭލުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އިޒުރޭލުން ދިން މި ހަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ އަސްކަރީ ވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ.

ބަދަލު ހިފުމުގެ ގޮތުން އީރާނުންވެސް އިޒުރޭލާއި ދެކޮޅަށް އެތައް ސަތޭކަ މިސައިލު ހަމަލާތަކެއް ވަނީ ދީފައެވެ. މި ހަމަލާ ދީފައި ވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް’ގެ ނަމުން ނަން ދެވިފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ. އީރާނުގެ އިންގިލާބީ ފައުޖުން ބުނެފައިވާ ގޮތުގައި މިސައިލް ހަމަލާ އަމާޒު ކޮށްފައިި ވަނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތައް ހިމެނޭ ގޮތަށް ކަމަށެވެ. މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ އިޒްރޭލު ބަލިކޮށްލަން އީރާނަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ.

އީރާނުން އިޒުރޭލަށް ދިން މިސައިލު ހަމަލާގައި ޔަހޫދީންގެ 20 މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްވެފައެވެ. އީރާނުން ވަނީ އިޒުރޭލުގެ އަސްކަރިއްޔާގެ މައި އިދާރާ ހިމެނޭހެން ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އީރާނުގެ މި ވަރުގަދަ ހަމަލާތަކަށްފަހު ޔަހޫދީ އިޒުރޭލުން ވަނީ އީރާނުން ދިން މިސައިލު ހަމަލާގައި އިޒުރޭލަށް ލިބުނު ގެއްލުންތަކުގެ ފޮޓޯ އާއި ވީޑިޔޯ ނެގުން މަނާ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ