އިރާނުގެ ހަމަލާތައް އިޒްރޭލަށް އަމާޒުވެފައި. ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ
15 Jun 2025 | 10:35
އީރާނުން ދިން ހަމަލާތަކެއްގައި އިޒުރޭލުގެ 8 މީހަކު މަރާލައިފި

އީރާނުން ނިރުބަވެރި އިޒުރޭލަށް ދިން ހަމަލާތަކެއްގައި އިޒުރޭލުގެ 8 މީހަކު މަރާލައިފިއެވެ.

އީރާނުން ވަނީ ނިރުބަވެރި އިޒުރޭލުން ހިފާފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތައް ދީފައެވެ. އެގޮތުން ތެލް އަވީވް އަށާއި ހައިފާގެ އެކި ހިސާބުތަކަށް އީރާނުންވަނީ ވައިގެ މަގުން ހަމަލާދީފައެވެ. އިޒުރޭލުން ދެމުންދާ ހަމަލާތަކަށް ފަސްޖެހުމެއްނެތި ރައްދުދެމުންދާނެކަމަށާއި މިކަން ވެގެންދާނީ އިސްރާއިލަށް ވޭންދެނިވި އަދި ހިތާމަވެރި ހަމަލާތަކަކަށް ކަމަށް އީރާނުން ވަނީ މީގެ ކުރިން ބުނެފައެވެ.

ދެފަރާތުންވެސް ހަމަލާ ބަދަލު ކުރަން ފަށާފައި މިވަނީ އިޒުރޭލުން އިސްވެ އީރާނުގެ ނިއުކުލިއަރ މަރުކަޒު ތަކަކަށް އަމާޒުކޮށްދިން ހަމަލާތަކުގައި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އިސް ކޮމާންޑަރު ޙުސައިން ސަލާމީއާއި އަސްކަރިއްޔާގެ އިސް ޖެނެރަލް މުޙައްމަދު ބާޤިރީގެ އިތުރުން، އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތްކުރާ ހަ ސައިންޓިސްޓަކު ޝަހީދުވުމާއި ގުޅިގެންނެވެ.

އީރާނުން މިވަނީ ބަދަލު ހިފުމުގެ ގޮތުން އިޒުރޭލަށް ނުރައްކާތެރި ހަމަލާތަކެއްދީފައެވެ. އެގޮތުން ތެލް އަވީވް އަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ތެލްއަވީވްގެ އިމާރަތްތަކެއްވަނީ ބިމާއި ހަމަވެފައެވެ. މި މަންޒަރުތަކުގެ ފޮޓޯ ނުނެގުމުަށާއި ދުރަށް ނުދެއްކުމަށް އިޒުރޭލުގެ ސަރުކާރުން ވަނީ އެޤައުމުގެ މީޑިއާތަކަށް އަންގާފައެވެ.

މީގެ އިތުރުން އިޒުރޭލުން އީރާނަށް ދިން ހަމަލާތަކުގައި 80 މީހުން ޝަހީދުވެފައިވާކަމަށާއި މީގެ ތެރޭގައި 20 ކުޑަކުދިން ހިމެނޭކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި 800 އަށް ވުރެ ގިނަ މީހުން މި ހަމަލާތަކުގައި ޒަހަމްވެފައިވާކަމަށް އީރާނުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިޒްރޭލުން އީރާނަށް ހަމަލާދިން މައިގަނޑު ސަބަބަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދައިފިނަމަ މެދު އިރުމަތީގައި އީރާނުގެ ބާރު ގަދަވުން އެކަށީގެންވާތީއެވެ. ހަމައެހެންމެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ބުނެ އިންޒާރުވެސް ދީފައެވެ.

އީރާނުން އިޒުރޭލުގެ މުހިއްމު ސިޓީތަކަކަށް ހަމަލާދިން ވަގުތު، ގިނަބަޔަކު ވަނީ ބިންގަރާސްތަކަށްވަދެ އެތަންތަނުން ހިމާޔަތް ހޯދާފައެވެ. އަދި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޤައުމުދޫކޮށް ފިލާފައިވާކަމަށް އަޑުތަށް ފެތުރިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ