ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
15 Jun 2025 | 12:53
އިސްރާއިލުން އީރާނަށް ހަމަލާދިނީ ޣައްޒާ ޤަތުލުޢާއްމަށް ލިބިފައިވާ ސަމާލުކަން އަނބުރާލަން: އުރުދުޣާން

އިސްރާއިލުން އީރާނަށް ދިން ހަމަލާއަކީ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމަށް ލިބިފައިވާ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރި މަސައްކަތެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއެކު ކުރެއްވި ފޯނު ކޯލެއްގައި އުރުދުޣާން ވިދާޅުވެފައިވަނީ އިސްރާއިލުގެ ބޮޑުވަޒީރު ނެތަންޔާހޫ އަކީ އެ ސަރަޙައްދުގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައެވެ. އަދި އިސްރާއިލުގެ ޢަމަލުތައް ހުއްޓުވުމަކީ އެ ސަރަޙައްދުގެ ހަމަޖެހުމަށް ކޮންމެހެން ބެން ބޭނުންވާ ކަމެއް ކަމަށާއި، ނިއުކްލިއަރ ހަތިޔާރާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ޙައްލުކުރެވޭނީ މަޝްވަރާގެ މަގުން ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މީގެ އިތުރުން، އުރުދުޣާން ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާވެސް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވާފައެވެ. މި ފޯނު ކޯލުގައި އުރުދުޣާން ވިދާޅުވެފައިވަނީ ނެތަންޔާހޫ މަސައްކަތް ކުރަމުންދަނީ މުޅި ސަރަޙައްދުގެ މަޝްރަހު ހޫނު ކުރުމަށް ކަމަށެވެ. އަދި އިސްރާއިލުން އީރާނަށް ދިން ހަމަލާގެ މަޤްޞަދަކީ ޣައްޒާގައި ހިންގަމުންދާ "ޤަތުލުޢާއްމު"ގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުން ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެ ސަރަޙައްދުގައި ހަނގުރާމައެއް ފެށިއްޖެނަމަ، އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން އެހެން ޤައުމުތަކަށް ހިޖުރަ ކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވާއިރު، އިސްރާއިލުން މިދިޔަ ހުކުރު ދުވަހު އިރާނަށް ހަމަލާ ދީފައިމިވަނީ، ޣައްޒާއަށް ކާބޯތަކެތި ވެއްދޭނެ މަގުތައް ބަންދުކޮށް، ޣައްޒާގެ ރައްޔިތުން ހައިހޫނު ކަމުގައި ބައިތިއްބައިގެން، ހަމަލާދީ ޝަހީދު ކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ. 

އެގޮތުން، ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓެއް ހިފަހައްޓައި އޭގައި ތިބި މީހުން ރަހީނުކުރުމަށްފަހު އިސްރާއިލުން ޑީޕޯޓް ކޮށްލާފައިވާއިރު، ޣައްޒާގެ އެހީދޭ ސަރަހައްދު ތަކަށް އެއްވާ މީހުންނަށް އަމާޒުކޮށްވެސް އިސްރާއިލުން އަންނަނީ ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އެތައް ސަތޭކަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.