މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން... ފޮޓޯ: މަޖިލިސް
ހަބަރު
15 Jun 2025 | 14:40
އޮޑިޓް އޮފީހުގެ މަސައްކަތްތައް ލަސްވާ ސަބަބު މާލިއްޔަތުކޮމިޓީން ބަލަނީ

އޮޑިޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ލަސްވަނީ ކީއްވެގެންތޯ ބެލުމަށް މާލިއްޔަތު ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ހާޒިރުކުރުމުގެ މަސައްކަތް އެ ކޮމިޓީން ފަށައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރުން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތް ކުރިއަށްދާގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވާފައެވެ. މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އޮޑިޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާތީވެ މީގެކުރިން ގެނެސް ހާޒިރުކުރުމުން އެ އޮފީހުން އެދުނު ކަންކަން މަޖިލީހުގެ ތެރެއިން ކޮށްދީފައިވާކަމަށެވެ. މިގޮތުން އޮޑިޓް އޮފީހުގެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ބަޖެޓެއް ހަމަޖައްސައިދީފައިވާކަން ސަލީމް ވިދާޅުވިއެވެ.

ނަމަވެސް އަދިވެސް ފެނިގެންދަނީ އޮޑިޓް އޮފީހުގެ މަސައްކަތްތައް ކުރަންވާވަރަށް ނުކުރެވޭތަން ކަމަށާއި، މިހާރު އެކަންކަން އެހެންވަނީ ކީއްވެގެންކަން ސާފުވާންޖެހޭކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.

އައުޓްސޯސްކޮށްގެންވެސް (އޮޑިޓް) ކުރެވޭނެ ގޮތް އޮންނާނީ ހަމަޖައްސައިދީފައި އެމީހުން (އޮޑިޓް އޮފީސް) ބޭނުމިއްޔާ

ކޮމިޓީގެ މުގައްރަރު ސަލީމް ވިދާޅުވިއެވެ.

އޮޑިޓް ނުކުރެވިދާ ކޮންމެ ދުވަހަކީ ދައުލަތަށް އެކަމުގެ ގެއްލުން ލިބޭނޭ ކަމެއްކަން ފާަހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، މިދިޔަ އަހަރު އޮޑިޓް އޮފީހުން 621 އޮޑިޓްކޮށް ނިންމާނޭކަމަށް ބުނިނަމަވެސް އެ އޮފީހަށް ނިންމުނީ 189 އޮޑިޓްކަމަށެވެ. މީގެ އިތުރުން މާލިއްޔަތު ކޮމިޓީގެ ފަރާތުން ހާއްސަ އޮޑިޓްގެ ގޮތުގައި 18 އޮޑިޓެއްކުރަން ދިންނަމަވެސް އޭގެ ތެރެއިންވެސް ނިމިފައިވަނީ 9 އޮޑިޓްކަމަށް ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާޅުވީ އޮޑިޓް އޮފީހުން ކުރަންޖެހޭ އޮޑިޓްތައް ނުނިމުމުން ސަރުކާރުގެ ބައެއް މަޝްރޫޢުތަކަށްވެސް އެކަމުގެ ނޭދެވޭ  އަސަރުކޮށްފައިވާކަމަށެވެ. އެގޮތުން މިހާރުވެސް ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަރަންޓް މަޝްރޫޢުއެއް މަޑުޖެހިފައިވާކަން ނާޒިމް ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ބައެއް މެމްބަރުން ވިދާޅުވެފައިވަނީ އޮޑިޓްތައް ނުނިމެނީ ގިނަފަހަރަށް ކުންފުނިތަކުގެވެސް އިހުމާލުންކން ފާހަގަކުރައްވާފައެވެ. އެގޮތުން އޮޑިޓަށް ބޭނުންވާ ބައެއްކަހަލަ މައުލޫމާތު ނުދީ ކުންފުނިތަކުން ހިފަހައްޓަމުންގެންދާކަން މާލިއްޔަތު ކޮމިޓީގެ މެމްބަރުން ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ބައެއް މެމްބަރުންވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި ކުންފުނިތަކުގެ ބަލަދުވެރިފަރާތް ޕީސީބީ އަދި އޮޑިޓަރ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށްގެން ނަމަވެސް އޮޑިޓްތައް ނުނިމި ލަސްވާ ސަބަބުތައް ދެނެގަންނަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވާހަކަދެއްކުމަށްފަހު ނިންމާފައިވަނީ އޮޑިޓްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ދެނެގަތުމަށް ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ހާޒިރުކުރާނެ ދުވަހެއް ކަނޑައެޅުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.