ތެޔޮ އުފުލާ މަނަވަރެއް. ފޮޓޯ/ ބީބީސީ
ދުނިޔެ
16 Jun 2025 | 14:16
އީރާން-އިޒުރޭލު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް

އީރާން-އިޒުރޭލު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިވަގުތު ހުރިގޮތަށް ބަލާއިރު، އީރާނާއި އިޒްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ އަގު އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓްގައި ސާފްނުކުރާ ތެއޮފީފާއެއްގެ އަގު ވަނީ 72 ޑޮލަރަށް މައްޗަށް ގޮސްފައެވެ. މީގެ އިތުރުންވެސް ބޮޑެތި ބާޒާރުތަކުގައި ވަނީ ތެލުގެ އަގު އުފުލިފައެވެ. މީގެ ތެރޭގައި ބްރެންޓް ކްރޫޑް ފާހަގަކޮށްލެވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އީރާން އާއި އިޒުރޭލުން ހަމަލާ ބަދަލުކުރުމުގެ ސަބަބުން ދުނިޔޭގައި ތެލުގެ އަގު ވަނީ %10 އަށް ބޮޑުވެފައެވެ. އިޒްރާއީލާ އީރާނުގެ މައްސަލަ ހައްލުނުވެ ދިގުލައިގެންދާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ އަގު އިތުރަށް އުފުލިގެންދާނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 

އިޒްރޭލުން އީރާނުގެ ތެޔޮ އުފައްދާ ތަންތަނަށް ހަމަލާ ދޭކަމުގައިވާނަމަ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރާއި 100 ޑޮލަރާއި ދެމެދުގެ އަގަކަށް މަތިވާނެކަމަށާއި، އަދި މި ހަމަނުޖެހުން ތަކުގައި ހުރުމޫޒު ކަނޑު ބަންދުކޮށްފިނަމަ ތެލުގެ އަގު ދެގުނަވެ އިންފްލޭޝަން މައްޗައް ދާނެކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަަކޮށްފައެވެ.

ދުނިޔޭގައި ތެލުގެ އަގު އުފުލުމުން އެންމެ ބޮޑަށް އަސަރު ކުރާނީ އޭޝިޔާ ބައްރުގެ ޤައުމުތަކަށެވެ. އެގޮތުން އިންޑިޔާ، ޕާކިސްތާން، އިންޑޮނޭޝިޔާ، ބަންގްލަދޭޝްގެ އިތުރުން ޗައިނާއަށް މިކަމުގެ ސަބަބުން އަސަރު ކުރާނެއެވެ. ސަބަބަކީ މިޤައުމުތަކަކީ މެދުއިރުމަތީގެ ތެލަށް އެންމެ ބަރޯސާވާ ޤައުމުތަކަށްވުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ