ޝަރުތު ހަމަވި ތިން ކެންޑިޑޭޓުން -- ފޮޓޯ: ވޮއިސް
ހަބަރު
15 Jun 2025 | 20:30
ފިރިހެން ކެންޑިޑޭޓުން ފެއިލް؛ ޝަރުތުހަމަވީ އަންހެން ކެންޑިޑޭޓުން، ކުރީގައި ޒަމްއަތު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓުންނާއި ސުވާލުކޮށް ޝަރުުތު ހަމަވާ ކެންޑިޑޭޓުން ކޮމެޓީން ކަނޑައަޅައިފި އެެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު އައިމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވާތީ އެވެ. އަނާގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ.

އެހެން ކަމުން ކޮމިޝަނަށް މެންބަރު އައްޔަނު ކުރުމަށް, ހުޅުވާލުމުން ކުރިމަތިލި ކެންޑިޑޭޓުންނާއި ކޮމެޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންޓަވިއު ކޮށްފަ އެވެ. ފަސް ކެންޑިޑޭޓަކާއި އިންޓަވިއު އެވެ. އެއީ;

* ޒަމްއަތު އަހްމަދު ވަހީދު

* ޒީނާ ޒާހިރު 

* ޝިމާލް އަހްމަދު

* އަޝްރަފު އަލީ

* އަލީ ޔޫސުފް 

ކޮމެޓީން ނިންމީ އެ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވަނީ ތިން ކެންޑިޑޭޓުންގެ ކަމަށެވެ. އެއީ އަންހެން ތިން ކެންޑިޑޭޓުންނެވެ. ކޮމެޓީގެ ނިންމުމަކީ ޝަރުތު ހަމަވާ ކަމަށް ނިންމާނީ 75 އިންސައްތައިން މަތީ މާކުސް ލިބިގެން ކަމަށެވެ.

ކޮމެޓީގެ ނިންމުމުގައި ކުރީގައި އޮތީ ޒަމްއަތު އެވެ. ޒަމްއަތަށް 89.29 މާކުސް ލިބިފައިވެ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރީން ހުޅުވާލުމުން އެންމެ މަތީން މާކުސް ލިބުނު ޒީނާއަށް މި ފަހަރު ކޮމެޓީން ދިނީ 84.57 މާކުސް އެވެ. ޝިމްލާއަށް 76.86 މާކްސް އެވެ.

ރައީސްގެ ލިސްޓްގައި ވެސް ކުރީގައި އޮތީ ޒަމްއަތެވެ. މާދަމާ އޮންނަ ޖަލްސާގައި މި ނަންތަކާމެދު ގޮތް ނިންމާނެ އެވެ.

ކޮމެންޓް
ޢަލީ
ތިތާ ހުރި އެންމެ ޤާބިލް މީހާއަކީ ޒަމްޢަތު ކަމާމެދު ޝައްކެތް ނެތް.
15 Jun 2025
ނޫސްވެރިއެއް - އަޙްމަދު
ހަޤީގަތުގައި ތި 3 ކަނބަލުންގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކީ ޝިމްލާ އަޙްމަދު. ސަބަބަކީ މި ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރަމުން އައިސް މިއަދާ ހަމައަށް ވެސް ވަކި ކޮޅަކަށް ނުޖެހި ނިއުޓްރަލް ފަރާތެއްގެ ގޮތުގައި ދެމިހުރީތީ.
16 Jun 2025
ދިވެހީންގެ ރާއްޖެ
މިފެންނަ ހަގީގަތަކީ ވަކި އަދަދެއްގެެ ގޮނޑި އަންހެނުންނަށް ރިޒާވްކޮށް ތަޅުއަޅުވަން ނުޖެހޭކަން. ކުރިމަތިލުންކަން މުހިންމީ. އެހެންވީމައި ވަކި އަދަދުގެ ގޮނޑި ރިޒާވްކުރަންނުޖެހޭ ހަނިވިސްނުން ދޫކޮށް ހަރުދަނާވާންވެއްޖެ.
16 Jun 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.