މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަަކަށް ހުދު ސަމާލު ނެރެފި

ރަށެއްގެ މަގެއްގެމަތި ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވެފައި.

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށެވެ. މެޓް އޮފީހުން އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިމިވަނީ މިއަދު ހެނދުނު 09:15 އިން މިއަދު ހަވީރު 15:15 އާއި ހަމައަށެވެ.

މި ވަގުތު ތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތަށް ގަދަވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީވެ، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް