ޓޯ ބާލެސް ޓްރަކް އެއް: ފޮޓޯ/އެމްއޭސީއެލް
ހަބަރު
17 Jun 2025 | 08:42
"ޓޯ-ބަރލެސް" ޓްރަކް އާއެކު ވީ.އައި.އޭއިން މަތިންދާބޯޓުތަކަށް ދޭ ޚިދުމަތްތައް އައު ހަރުފަތަކަށް

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން "ޓޯ-ބަރލެސް" ޓްރަކްގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ތައްޔާރުވެއްޖެއެވެ. 

ޓީ.ޕީ.އެކްސް– 200އެމް.ޓީ.އެކްސް މޮޑެލްގެ މިޓްރަކްއަކީ، މިހާރު ވައިގެ ސިނާއަތުގައި މަތިންދާ ބޯޓުތަކަށް ޚިދުމަތްދިނުމުގައި ސަލަމާތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ގާބިލުކަން ލިބިފައިވާ ޓްރަކެކެވެ. 

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނީ، މި ޓްރަކް ވީ.އައި.އޭގެ ގްރަންޑް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމާއިއެކު، އޮޕަރޭޝަނަލް އެފިޝިއަންސީ 60 އިންސައްތައަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސް ވެގެންދާނެ ކަމަށެވެ.

މިއީ ޒަމާނީ ބަދަލުތަކާއިއެކު ތަރައްޤީވަމުން އަންނަ އެއަރޕޯޓްތައް ކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއަރޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ޓްރަކްކެވެ. 

މިހާރު ބޭނުންކުރާ މިފަދަ ޓްރަކް ތަކާއި ހިލާފަށް މިމޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެއެވެ. އަދި ހަމަ އެއާއިއެކު ކޯޑް ސީގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓްތަކަށްވެސް މި ޓްރަކްއިން ޚިދުމަތް ދެވޭނެއެވެ. މިއީ، މަރާމާތުކުރަންޖެހޭ ނިސްބަތާއި ހިންގުމުގެ ޚަރަދު ކުޑަ ޓްރަކެކެވެ.

މިޓްރަކް ބޭނުންކުރަން ފެށުމާއި ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރައްވަމުން، ހެޑް އޮފް ރޭމްޕް ސަރވިސަސް އަލީ ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު، މަތިންދާ ބޯޓުތަކަށް ޚިދުމަތްދޭ އުޅަނދުތަކަކީވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ޚިދުމަތްތަކެއް ދޭ އުޅަނދުތަކަށް ހެދުމަށް އެމް.އޭ.ސީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިޓްރަކްއާއިއެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ އަދި ރައްކާތެރި ޚިދުމަތެއް ދެވޭނެކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. 

އެމް.އޭ.ސީ.އެލްއިން މިހާރުވަނީ މިޓްރަކް އޮޕަރޭޓްކުރުމަށް ޚާއްސަ 8 އޮޕަރޭޓަރުން ތަމްރީންކޮށްފައެވެ. މިވަގުތު ކުރަމުން އަންނަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްތަކެވެ. 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ދަނީ މަތިންދާ ބޯޑުތަކަށާއި ޕަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބާރުދުވެލީގައި ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް