އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިޔުޝާދު: ފޮޓޯ/ މަޖިލިސް
ހަބަރު
17 Jun 2025 | 10:00
ޖީއެސްޓީ ހުށަހެޅުން ލާޒިމްވާ ވަގުތު ބަދަލު ކުރުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޖީއެސްޓީ ލާޒިމްވާ ވަގުތު ކަނޑައަޅާނެގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތައް ހައްލުކޮށް، އެ ވަގުތު ބަދަލު ކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިޔުޝާދެވެ.

މުދަލުގެ ނުވަތަ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން، މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިން ވަގުތު ކަމުގައި ބަލަނީ، އެ މުދަލެއް ނުވަތަ ޓެކްސްގެ އަގަށްވާ އިންވޮއިސް ތައްޔާރުކުރާ ވަގުތު، ނުވަތަ، މުދާ ގަންނަ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުން އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން އެއްބައި އަދާކުރާ ވަގުތު ކަމުގައެވެ. އެހެން ކަމުން އެ ވަގުތުން ފެށިގެން ޖީއެސްޓީ ލާޒިމްވެއެވެ.

ކަންމިހެން ހުރި ނަމަވެސް އެ މުދަލެއް ވިއްކި ފަރާތަށް ނުވަތަ އެ ހިދުމަތެއް ފޯރުކޮށްދިން ފަރާތަށް އެ، މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ފައިސާ ނުލިބުމަކީ މިހާރަކަށް އައިސް އާއްމު ކަމެއް ކަން މައްސަލާގައި ވަނީ ފާހަގަކޮށއފައެވެ. 

އެހެންކަމުން، އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި ފަރާތުގެ ނުވަތަ އެ ހިދުމަތެއް ފޯރުކޮށްދިން ފަރާތުގެ ބާރު ހިނގާ ކަމެއް ނޫން ކަމަށާ، އެފަދަ ކަމަކާ ގުޅުވައި މުދާ ވިއްކި ފަރާތް ނުވަތަ އެ ހިދުމަތް ދިން ފަރާތަށް ވަކި ވަގުތަކަށް ވަކި ކަމެއް ކުރުމަށް ލާޒިމުކޮށްފައި އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މައްސަލާގައި ބުނެފައިވެއެވެ.

”ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށްފަހު އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސްތައް ތައްޔާރުކޮށް އެތަންތަނަށް ހުށަހަޅައިފައިވީ ނަމަވެސް އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ފާއިތުވެފައިވާ ކަމުގެ ކަންބޮޑުވުން ގިނަ ވިޔަފާރިތަކުން ފާޅުކުރަމުންދޭ“ ނިޔުޝާދުގެ މައްސަލާގައި ބުނެފައިވެއެވެ. 

ކަން މިހެން ހުރިއިރު، މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށްފަހު އެ މުދަލެއްގެ ނުވަތަ ހިދުމަތެއްގެ އަގަށްވާ ފައިސާ ލިބިފައިނުވި ނަމަވެސް، އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށްފައިވާ ސަބަބަށްޓަކައި އެ އިންވޮއިސްގައި ބަޔާންކުރާ ޖީއެސްޓީ ދެއްކުމަށް ލާޒިމުވުމަކީ އަދި އެ ފައިސާ ނުލިބިވުމުގެ ސަބަބުން ޖީއެސްޓީ ނުދެއްކި އޮތުމުން ވިޔަފާރިތަކަކީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކެއް ކަމަށް ކަނޑައަޅައި ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން މިހާލަތުގައި ހުރި ވިޔަފާރިތަކަށް މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުގެ ފަރާތުން ނިޒާމީ ގޮތެއްގައި ވިޔަފާރިތަކާމެދު ހިންގަމުންދާ އިގުތިސާދީ ޖަރީމާއެއްކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ނިއުޝާދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

އެހެން ކަމުން އޭނާ ވަނީ ޖީއެސްޓީ ލާޒިމްވާ ވަގުތު ކަނޑައަޅާނެ ގޮތް ބަދަލު ކުރުމަށް ހުށަހަޅުއްވާފައެވެ. 

މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވުމުން މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.