އަޅުގަނޑުމެނަށް އަދި ރިޔާސީ އިންތިހާބު ނުނިމޭ - މެންބަރު ޔާމީން

16 Oct 2018 | 08:43

އަދި ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ނުނިމޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އޮފީސް ކުރިމަތީ ކޮންމެ ރެއަކު ބާއްވަމުން އަންނަ "އޮޅުވާލި ވޯޓް" ގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އަދި އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ނުނިމޭކަމާއި އިންތިހާބު ނިމޭނީ އިލެކްޝަން ކޮމިޝަނާމޭދު ކުރެވޭ ތުހުމަތުތަކަށް ޖަވާބު ލިބި، ރައީސް ޔާމީން އަލުން ރައީސުލްޖުމްހޫރީޔާގެ މަގާމަށް އިންތިހާބު ވުމުންކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މިހާތަނަށް ވެސް ޕީޕީއެމް އިން ކުރިމަތި ކުރުވާފައިވާ އެއްވެސް ސުވާލަކަށް ޖަވާބު ދެއްވާފައި ނުވާކަމަށާއި ކުރާހާވެސް ކަމަކީ ސުވާލު ތަކަށް ފިއްލެވުންކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ.

މީގެ އިތުރުން އިލެކްޝަން ކޮމިޝަންގެ ކޮންޕްލެއިން ބިއުރޯއަށް ލީ މައްސަލަ ނުބަލާކަމަށާއި ކޮންޕެލެއިން ބިއުރޯ ކުއްލި ގޮތަކަށް އުވާލުމާއި މި ފަދަ އެތައް ކަމެއް އިލެކްޝަންއިން ހިންގާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ "ވޯޓް އޮޅުވާލި" އެއްވުންތަކަކީ މިހާތަނަށް މަދު ބައިވެރިންތަކަކާއެކު ކުރިއަށް ގެންދާ އެއްވުނެތަކެއްކަން ފާހަގަކުރެވެއެވެ. ޕީޕީއެމް އިން ބުނާ ގޮތުގައި މުޅި ރާއްޖެ މި ހަރަކާތުގައި އަންނަނީ ބައިވެރި ވަމުންނެވެ.

އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ޤާނޫނީ އިމުގެތެރެިން އަމާން ކަމާ އެކު ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް