ރަޝިޔާއިން ޔޫކްރެއިންގެ ކީވް އަށް ދިންހަމަލާއެއްގައި އިމާރާތެއް ސުންނާފަތިވެފައި. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
17 Jun 2025 | 15:38
ރަޝިޔާއިން ދިން ހަމަލާއެއްގައި ޔޫކްރެއިންގެ 15 މީހަކު މަރުވެއްޖެ

ރަޝިޔާއިން ޔޫކްރެއިންއަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ޔޫކްރެއިންގެ 15 މީހަކު މަރުވެއްޖެއެވެ.

ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު އިހޯރ ކްލިމެންކޯ އާއި ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ވެރިރަށް ކީވްގެ 27 ސަރަހައްދަކަށް ރަޝިޔާއިން ދިން ވައިގެ ހަމަލާތަކުގައި އިމާރާތްތަކަށް އެކިވަރުގެ ގެއްލުންތަށް ލިބުމުގެ އިތުރުން ޔޫކްރެއިންގެ 15 މީހަކު މަރުވެ 116 މީހަކު ވަނީ ޒަހަމްވެއްފައެވެ.

ރަޝިޔާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔޫކްރެއިން އިން ވެސް ވަނީ 440 ޑްރޯންގެ އިތުރުން 32 މިސައިލް ހަމަލާ ރަޝިޔާއަށް ދީފައިވާކަމަށް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އަދިހަމައެހެންމެ ޔޫކްރެއިންގެ ރައިީސް ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިޔާއިން ދިން ހަމަލާތަކުގައި މީހުން ދިރިއުޅުމަށް ހާއްސަކޮށްފައި ހުރި ފްލެޓްތަކަކަށް ވަނީ އަމާޒުވެފައި ކަމަށާއި އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އަދިހަމައެހެންމެ، މި ހިތާމަވެރި ވަގުތު، ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުން އަންނަ ކަމަށް ޒެލެންސްކީ އިތުރަށް ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިންނަށް ދެމުން އަންނަ ހަމަލާތަށް ތިން އަހަރަށް ދިގު ދެމިގެންދާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހަމައަށް އާދެވިފައިވީ ނަމަވެސް އެމަޝްވަރާތަށް ވަނީ ވަގުތީ ގޮތުން މެދުކެނޑިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ